logo

މިފްކޯ އިން އުފައްދާ މަސްދަޅުގެ އަގަށް ބަދަލުގެނެސްފި

profile

މުޙައްމަދު ފަޟްލޫން - 06 އޭޕްރީލު 2026 - 11:27

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ މަސްދަޅުގެ އަގުތައް މިއަދުން ފެށިގެން ބޮޑުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

https://wamco.com.mv/

މިފްކޯއިން ހާމަކުރި ގޮތުގައި، މަސްދަޅުގެ އަގަށް ބަދަލު ގެންނަން މަޖުބޫރުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެންނެވެ.

ހާއްސަކޮށް މެދުއިރުމަތީގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އަގަށް އައި ބަދަލުތަކަށް ބަލާއިރު، ކުރިން ލީޓަރެއް 11.57 ރުފިޔާއަށް މިފްކޯއަށް ލިބެމުންދިޔަ ތެޔޮ މިހާރު ލިބެނީ 14.32 ރުފިޔާއަށެވެ.

ތެލުގެ އަގަށް މިފަދަ ބޮޑު ބަދަލެއް އައި ނަމަވެސް، އާންމު ރައްޔިތުންނަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މަސްދަޅެއްގެ އަގުން ބޮޑުކޮށްފައިވަނީ އެންމެ ރުފިޔާއެކެވެ.

މި ބަދަލާއެކު، ކުރިން ވިއްކަމުން އައި އަގަށްވުރެ އެއް ރުފިޔާ ބޮޑުވެ، ތެޔޮ މަސްދަޅެއްގެ އާ އަގަކީ މިހާރު 18.50 ރުފިޔާއެވެ.

މަސްދަޅު ކޭހެއްގެ އަގުވެސް ވަނީ މިއަދުން ފެށިގެން 800 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިފްކޯއިން ބުނި ގޮތުގައި މިއީ އުފެއްދުންތެރިކަމުގެ ހަރަދުތައް ދެކޮޅު ޖެއްސުމަށްޓަކައި މިވަގުތު ގެންނަން ޖެހުނު ކޮންމެހެން މުހިންމު ބަދަލެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk