logo

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ

profile

މުޙައްމަދު ފަޟްލޫން - 03 ފެބްރުއަރީ 2026 - 07:29

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އެ ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

https://wamco.com.mv/

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީއިން ހުޅުވާލުމުން އެ މަގާމަށް 19 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

މި ބޭފުޅުންގެ ތެރެއިން ރައޫފާއި ޝަފީއު ހައި ކޯޓަށް އައްޔަންކުރަން ޖޭއެސްސީން ނިންމާފައި ވާއިރު ކްރިމިނަލް ކޯޓުން ހުސްވެފައިވާ މަގާމަށް ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޔާޒު އައްޔަންކުރަން ވަނީ ނިންމާފައެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާ ކުރައްވައި އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަދި ކްރިމިނަލް ކޯޓުން މަގާމު ހުސްވީ ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމުންނެވެ.

އަލަށް އައްޔަންކުރާ ފަނޑިޔާރުން މަގާމުގެ ހުވާކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ސުޕްރީމް ކޯޓުގައި ބާއްވަން އެކޯޓުން ވަނީ ނިންމައިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay