logo

ޚިދުމަތްތައް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް އެދިވަޑައިގެންފި

profile

އާމިނަތު ޝަފާ - 07 ސެޕްޓެމްބަރު 2024 - 22:00

މިނިސްޓަރ ތާރިގް އެމްބަސީއަށް ވަޑައިގެންނެވުން

މިނިސްޓަރ ތާރިގް އެމްބަސީއަށް ވަޑައިގެންނެވުން

ޚިދުމަތްތައް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި، ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އެދިވަޑައިގެންފިއެވެ.

ވަޒީރު މިފަދައިން އެދިވަޑައިގެންނެވީ ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ޒިޔާރަތުގައި މިނިސްޓަރ ޠާރިޤު އެމްބަސީގެ އިސް ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، އެމްބަސީގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

"އެމްބަސީގެ މުވައްޒަފުން ކުރައްވާ މަސައްކަތްތަކަކީ ދިވެހިރާއްޖެއާއި ތައިލެންޑާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް"

އަދި އެމްބަސީން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ހަލުވިކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް އެމްބަސީގެ މުވައްޒަފުންނަށް އިލްތިމާސް ކުރެއްވިއެވެ.

މި ޒިޔާރަތުގައި މިނިސްޓަރ ޠާރިޤުއާއެކު މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްބަސީގެ ފަރާތުން އެމްބަސެޑަރ އާއި އެހެނިހެން އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

tel:+9607331319