logo

އިންޑިޔާގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ނުކުރާނަން: ރައީސް

profile

ހައްވާ މުހައްމަދު - 07 އޮކްޓޯބަރު 2024 - 11:37

DSC_3839ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިންޑިޔާއިން  ދެންނެވި ހޫނު މަރްހަބާގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް.jpg

DSC_3839ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިންޑިޔާއިން ދެންނެވި ހޫނު މަރްހަބާގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް.jpg

އިންޑިޔާގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ދިވެހިރާއްޖެއިން ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިޔާއަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ މީޑިޔާއެއް ކަމަށްވާ "އިންޑިޔާ ޓައިމްސް" އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ, އިންޑިޔާގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ދިވެހިރާއްޖެއިން ނުކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިޔާ އާ ދެމެދު އޮންނަނީ ވަރަށް ގާތް ބަދަހި ގުޅުމެއް ކަމަށެވެ. މި ގުޅުން ބިނާވެފައި އޮންނަނީ އެއްބަޔަކު އަނެއް ބަޔަކަށް ކުރާ ޤަދަރާއި އިހްތިރާމްގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިޔާ އާއި ދިވެހިރާއްޖެ އާ ދެމެދުގައި މި އޮތް ގާތްކަމާއި އިތުބާރު އަބަދުވެސް ދަމަހައްޓަވާނެ ކަމަށެވެ.

އިންޑިޔާއަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއް ރައީސް ފަށްޓަވާފައިވަނީ އިއްޔެގައެވެ.

ރައީސް އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދަށް އިންޑިއާގެ ސަރުކާރުން މިއަދު ވަނީ ރަތްދޫލައިގެ މަރްހަބާއެއް ކިޔާފައެވެ.

އެ ގައުމުގައި ދިވެހި ސަރުކާރާ އެކު ރަސްމީ ބައްދަލުވުންތައް މިއަދު ފަށާފައިވާއިރު، އެގޮތުން އެންމެ ފުރަތަމަ ވެސް އެ ގައުމުގެ ރައީސާ ދުރްޕަދީ މުރުމޫ އަދި ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ފަރާތުން ރިޔާސީ ގަނޑުވަރުގައި ރަތްދޫލައިގެ މަރްހަބާ ދެންނެވުން އޮތީ މިއަދު ހެދުނުއެވެ.

ދެ ގައުމުގެ ދެމެދުގައި ކުރެވޭ ރަސްމީ މަޝްވަރާ ބައްދަލުވުންތައް މިއަދު ފަށާފައިވާއިރު، ބައެއް މުހިއްމު މަޝްރޫއުތައް "ވާރޗުއަލް" ކޮށް އިފްތިތާހު ކުރުންވެސް މިއަދު އޮންނާނެއެވެ.

މީގެ އިތުރަށް ދެ ގައުމު ގުޅިގެން ދޭ ޕްރެސް ސްޓޭޓްމެންޓާއި، އެމްއޯޔޫތަކުގައި ސޮއިކުރުންވެސް މިއަދު އޮންނާނެއެވެ.

އިންޑިޔާގެ ރައީސްގެ ފަރާތުން ދިވެހިރާއްޖޭގެ ވަފްދަށް ދެއްވާ މެންދުރު އަދި ރޭގަނޑުގެ ފަރިއްކޮޅުވެސް މިއަދު އޮންނާނެއެވެ. މީގެ އިތުރުން މިއަދު ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ވިޔަފާރިވެރިންނާއި ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ބެންގަލޫރު އަދި މުމްބާއީއަށް ވަޑައިގަންނަވާނެއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

https://int.etukuri.mv/
tel:+9607331319