
ދެ ކުލަބަކަށް އެފްއޭއެމްގެ ދާއިމީ މެންބަރުކަންދީ، އަސާސީ ގަވާއިދު ފާސްކޮށްފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 27 ޖޫން 2025 - 16:42
ދެ ކުލަބަކަށް އެފްއޭއެމްގެ ދާއިމީ މެންބަރުކަންދީ، ފުޓްބޯލް އެސޭސިއޭޝަން އޮފް ދަ މޯލްޑިވްސްގެ އަސާސީ ގަވާއިދު ފާސްކޮށްފިއެވެ.
އަލުން އެފްއޭއެމްގެ މެމްބަރުކަން ދީފައި ވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބަށެވެ.
އެ ދެ ކުލަބަށް އަލުން މެންބަރުކަން ދިނުމަށް އަސާސީގަވާއިދުގައި ހިމަނައި، ހާޒިރުވި 21 މެންބަރުން އިއްތިފާޤުން އެފްއޭއެމްގެ އަސާސީގަވާއިދު ވަނީ ފާސްކޮށްފައެވެ.
މެމްބަރުކަން ލިބުމާއެކު އަންނަ މަހުގެ 26 ގައި ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނިއުރޭޑިއަންޓާއި ވިކްޓްރީއަށްވެސް ލިބޭނެއެވެ.
މި ބަދަލާއެކު ނިއުރޭޑިއަންޓާއި ވިކްޓްރީއަށް އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓު ދިނުމުގެ ފުރުސަތުވެސް ފަހިވާނެއެވެ. މި ދެކުލަބަކަށް އެފްއޭއެމްގެ މެންބަރުކަން މި ލިބުނީ ހަ އަހަރަު ދުވަހަށްފަހުއެވެ.
އެންމެ ފަހުން ނިއުރޭޑިއަންޓް އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވީ 2018 ވަނަ އަހަރެވެ. އޭގެފަހުން އެފްއޭއެމުން ވަނީ ނިއުރޭރިއަންޑް ސަސްޕެންޑް ކޮށްފައެވެ.
ވިކްޓްރީއަށް އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އެންމެ ފަހުން ދީފައި ވަނީ 2019 ގައެވެ. އެ ކުލަބުވެސް 2019 ވަނަ އަހަރު ސަސްޕެންޑް ކުރިއެވެ.
ދެ ކުލަބުވެސް ސަސްޕެންޑްކުރީ މުސާރައިގެ މައްސަލައެއްގައި ކަމަށްވާއިރު މުސާރައިގެ މައްސަލަ ހައްލުކުރުމުން 2022 ގައި ވަނީ ސަސްޕެންޝަން އުވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ވިންދާ އިހުސާސް އެނގޭ، ކޮންމެ ރައްޔިތެއްގެ ކަންބޮޑުމަށް ވެސް އިޖާބަ ދޭނަން: ރައީސް
7 ގަޑިއިރު ކުރިން

މީހެއްގެ ވައިބަރ ހެކްކޮށް، 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއް
10 ގަޑިއިރު ކުރިން

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
12 ގަޑިއިރު ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
12 ގަޑިއިރު ކުރިން


