logo

ކުދިންގެ ރަނގަޅު ތަރުބިއްޔަތަކަށް މައިންބަފައިންނާ އޮންނަ ގުޅުން މުހިންމު: ސާޖިދާ

profile

އައިޝަތު އިނާޝާ - 01 ޖުލައި 2024 - 17:10

 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

ރަނގަޅު ގޮތުގައި ކުދިން ތަރުއްބިޔަތުކުރުމަށް މައިންބަފައިންނާއި ދަރިންނާއި އޮންނަ ގުޅުން ބަދަހިވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޕޭރެންޓިން މަންތާއި ގުޅުވާ ދެއްވި ޚާއްސަ މެސެޖެއްގައި ސާޖިދާ ވިދާޅުވީ މައިންބަފައިންނާއި ދަރިންނާއި އޮންނަ ގުޅުން ބަދަހިކުރުމަށް އެކި ގޮތްގޮތުން ބެލެނިވެރިން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި އެކި ޢުމުރުގެ ކުދިންނާއި ގުޅުން އުފެއްދުމަށް ބެލެނިވެރިން އަދާކުރާ ރޯލު ތަފާތުކަންވެސް ސާޖިދާ ފާހަގަކުރެއްވިއެވެ. ސާޖިދާ ވިދާޅުވީ ދަރިންނާއި ބެލެނިވެރިންނާއި ދެމެދު އިތުބާރު އުފެދުނުވަރަކަށް މައިންބަފައިންނާއި ދަރިންގެ ގުޅުން ގާތްވާނެ ކަމަށާއި އެއިތުބާރާއެކު މުޖުތަމަޢުން ފެންނަ ނޭދެވޭ ކަންކަމުން ކުދިން ރައްކާތެރިކުރުމަށް ވަރަށް ބޮޑު އެހީތެރިކަމަކަށްވެގެންދާކަމަށެވެ. ކުދިން އެންމެ އިތުބާރުކުރާ ފަރާތަކީ ކުދިންގެ ބެލެނިވެރިންކަމުގައިވާނަމަ ބޭރުތެރެއިން ފެންނަ ކަންކަމަށް ކުދިން އިތުބާރު ކުރުން ކުޑަކުރެވޭނެކަމަށް ސާޖިދާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ހުރިހާ ބެލެނިވެރިންވެސް ކުދިންނާއެކު ވަގުތު ހޭދަކޮށް ކުދިންގެ ވާހަކަތައް އަޑުއަހާ ކުދިންނާ ގާތްގުޅުމެއް އޮންނަ ބަޔަކަށްވުމަށް އެކަމަނާގެ މެސެޖްގައި ނަސޭހަތްތެރިވެލެއްވިއެވެ.

tel:+9607331319