.webp&w=3840&q=75)
މައުރޫފު ޒާކިރާއި މަސްވެރިންތަކެއް ހައްޔަރު ކުރި ކުރުން އެމްޑީޕީން ކުށްވެރިކޮށްފި

އައިޝަތު އިނާޝާ - 12 ޑިސެމްބަރު 2025 - 08:10
މަސްވެރިންގެ އިޙްތިޖާޖުގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި މަސްވެރިންތަކެއް ހައްޔަރު ކުރި ކުރުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށްވާ އިރު، ދިވެހި މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި އިހުތިޖާޖަށް ހުރަސް އަޅައި، އިހުތިޖާޖުގެ ބައެއް ބައިވެރިން ފުލުހުން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށެވެ. ބަޔާނުގައި އެޕާޓީން ވަނީ ފުލުހުން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.
އަދި މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރު މައުރޫފު ޒާކިރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަމަށެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން އިއްޔެ ކުރި މި އިހުތިޖާޖުގައި 25 ވަރަކަށް ދޯނި ބައިވެރިވި އެވެ.މަސްވެރިން އަންނަނީ ސަރުކާރަށް ތިން ޑިމާންޑެއް ކުރަމުންނެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމައި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
ބޮޑު ކަންނެލީގެ މަސްވެރިންގެ މިއިޙްތިޖާޖާއި ގުޅިގެން މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. އެގޮތުން މަސްވެރިންނަށް ފަސޭހައިން އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާއިރު ކަންނެލި މަސްވެރިންނަށް ޚާއްސަ މަސް ޕްރޮސެސްކުރާނެ ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން 2026 ފަށައިފި
5 ގަޑިއިރު ކުރިން

އަންނަ އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ކައިވެނިކުރެވޭނެ: ފެމިލީ ކޯޓް
8 ގަޑިއިރު ކުރިން

އިނގިރޭސިވިލާތާއި ރާއްޖެ އާއި ދެމެދުގައިވަނީ ޒަމާންވީ ބަދަހި ގުޅުމެއް: ނައިބު ރައީސް
8 ގަޑިއިރު ކުރިން

ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި ބޭނުންކުރާނެ ނަމްބަރުތަކެއް ހަމަޖައްސައިފި
12 ގަޑިއިރު ކުރިން


