logo
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ މުހައްމަދު ޝަރީފް / ފޮޓޯ: ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ މުހައްމަދު ޝަރީފް / ފޮޓޯ: ރައީސް އޮފީސް

ބޭންކުން މަސްވެރިންނަށް ލޯނު ދޫކުރަން ފެށުމަކީ ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް- ޝަރީފް

profile

އައިޝަތު އިބްރާހިމް - 29 އޮކްޓޯބަރު 2025 - 08:18

މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށުމާ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މަސްވެރިންނަށް ބީއެމްއެލް އިން ލޯނު ލިބެން ފެށުމަކީ މަސްވެރިކަމުގެ ސިނާއަތަށް އޭގެ ހެޔޮ އަސަރު ކުރިކަމަށާ މާސްވެރިންގެ އާންމު ދިރިއުޅުމުގެ ހާލަތުވެސް ރަނަގަޅުވެގެން ދިޔަ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ދިވެހީންގެ ބޭންކު މުޅި ރާއްޖެއަށް ކެމްޕެއިން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މަސްވެރިކަމަކީ ދިވެހިރައްޖޭގެ އިގްތިސޯދުގެ މުހިންމު އެއް ސިނާއަތް ކަމަށާ ަމސްވެރިކަމަށް އެހީތެރިވުމަށް މިފްކޯއާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑި އިރު ތެރޭ މަސްވެރންނަށް ފައިސާ ދުކުރުމުގެ ނިޒަމް ގާއިމްކުރުމަށް ކަމަށެވެ.

ބަންދު ދުވަހެއް ނުވަތަ ރަސްމީ ދުވަހެއް ކަމުގައިވިޔަސް މި މުއާމަލާތް ފުރިހަމަ ކުރަމުން ގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން ދަނީ ބޭންކުގެ ފައިސާ އިން ނޫން ކަމަށާ، މިފްކޯއަށް ލޯނު ދޫކޮށްގެންވެސް ނޫންކަން ޝަރީފް ފާހަގަކުރެއްވިއެވެ.

މަސްވެރިން މާލިއްޔަތު ދާއިރާގައި ބައިވެރިކުރުމުގެ ގޮތުން މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަންލް ފައިނޭންސިން ކްރެޑިޓް ކާޑު އަދި ގެދޮރުގަތުމާ އިމާރާތްކުރުމާ މަރާމާތުކުރުން ފަދަ އެކިއެކި ބޭނުންތަކަށް ބިއެމްއެލް އިން ފައިސާ ލިބޭނެގޮތް ހަމަޖެހިގެން ދިއުމަކީ މުޅި މަސްވެރި ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ޖަމާކޮށްދިނުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދެވެ. އެ ވައުދާ އެއްގޮތަށް މިދިޔަ މަސްވެރީންގެ ދުވަހު މަސްވެރީންނަށް ބާނާ މަހަށް 48 ގަޑި އިރު ތެރޭގައި ފައިސާ ޖަމާ ކުރަން ވަނީ ފަށާފައެވެ.

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް މިދިޔަ އޭޕްރީލް މަހުން ފެށިގެން ބީއެމްއެލް އިން އަންނަނީ ލޯނު ދޫކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay