
ޗައިނާގެ ޒެންގްޒޯގައި ބޭއްވި އިންޓަނޭޝަނަލް މޭޔަރަސް ފޯރަމްގައި ޑެޕިއުޓީ މިނިސްޓަރު ޔާމީން / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
2025 ޒެންގްޒޯ އިންޓަރނޭޝަނަލް މޭޔަރސް ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކޮށްފި

އައިޝަތު އިބްރާހިމް - 25 އޮކްޓޯބަރު 2025 - 08:33
2025 ޒެންގްޒޯ އިންޓަރނޭޝަނަލް މޭޔަރސް ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކޮށްފިއެވެ.
2025 ވަނަ އަހަރު ޗައިނާގެ ޒެންގްޒޯގައި ބޭއްވުނު އިންޓަރނޭޝަނަލް މޭޔަރސް ފޯރަމް އޮން ޓޫރިޒަމްގައި ދިވެހިރާއްޖެ ތަމްސީލުކުރީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޔާމީން އަޙުމަދުއެވެ.
މި ފޯރަމްގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެ ދާއިރާއަށް ސަގާފަތާއި އާދަކާދަ އަދި ފޯކްލޯ ވައްދަންޖެހޭ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޔާމީން އަޙުމަދު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ވޭދުވެދިޔަ އަހަރުތަކުގައި ޗައިނާ އާއި ރާއްޖޭގެ އެކުވެރިކަން ބަދަހިވެފައިވާ ކަމަށެވެ. އަދި ދެ ގައުމަށް ފައިދާވާނެ އެކި މަޝްރޫތަށް ހިންގަމުންދާ ކަމަށް ފާހަގަކުރެއްވެވިއެވެ.
ޔާމީން ވިދާޅުވީ، ޗާއިނާގެ އެއްބާރުލުމާއެކު ފަތުރުވެރިކަމުގެ އެކި އިމާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކޮށްފައިވާ ކަމަށާއި އެ އިމާރާތްތަކުގެ ސަބަބުން ފަތުރުވެރިކަން ފުޅާކުރުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.
ޔާމީން ވަނީ ޗައިނާއިން ރާއްޖޭގެ ފަތުރުވެރިކަމަށް ވެދެމުންދާ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް އިތުރަށް އެއްބާރުލުން އެ ގައުމުން ދެއްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ފޯރަމްގެ ތެރެއިން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވި އަދި ދިވެހިރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ގުޅުން ވަރުގަދަވެގެންދާނެކަމަށް ބެލެވޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.
މި ފޯރަމް ބޭއްވުނީ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓީޖީތަކާއި އާ އީޖާދުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ތަފާތު ޤައުމުތަކުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައެވެ.
ދިވެހިރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު މަންޒިލަކަށް ވާއިރު، މި ފޯރަމްގައި ބައިވެރިވުމަކީ ދެ ޤައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.
މި ފޯރަމްގެ ތެރެއިން ޗައިނާގެ ތަފާތު ސިޓީތަކުގެ މޭޔަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާ ދިވެހިރާއްޖޭގެ ވަފުދުން ބައްދަލުކޮށް، ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތައް ފެނިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުން އީރާނާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ނިންމައިފި
3 އަހަރު ކުރިން

ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް - އަމްރު
2 އަހަރު ކުރިން

އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު!
2 އަހަރު ކުރިން

ރާއްޖެއަށް ގެންނަ އިގްތިސާދީ އިސްލާހި އެޖެންޑާއަށް އިތުބާރު އެބައޮތް: އައިއެމްއެފް
2 އަހަރު ކުރިން


