
އިމާމުންނާއި ވާޢިޡުންނަށް މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ތަމްރީންގެ ފުރުސަތު!

އައިޝަތު އިނާޝާ - 21 ޑިސެމްބަރު 2025 - 14:34
މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން ކުރިއަށްގެންދާ އިމާމުންނާއި، ވާޢިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ، 2 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން އިމާމުންނާއި، ވާޢިޡުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިހާރުވަނީ ހުޅުވާލާފައެވެ. މިސްރުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކިޔަވައިދޭނީ ޢަރަބި ބަހުންނެވެ.
އިމާމުންނާއި، ވާއިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް:
އުމުރުން 18 އަހަރުފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން
ޓްރެއިނިންގއާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލުކޮށްފައިވުން
ޢަރަބި ބަހުން ކުރިއަށްގެންދާ ޕްރޮގްރާމަކަށްވާތީ، ރަނގަޅަށް ޢަރަބި ބަހުން ވާހަކަ ދައްކަން އެނގުން
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ބޭފުުޅުންނަށް އިންޓަރނޭޝަނަލް އެއަރ ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން ދަތުރުތައް މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން ހަމަޖއްސައިދޭނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ މެދުވެރިކޮށެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ، މިމަހުގެ 28ވާ އާދީއްތަ ދުވަހުގެ 13:00އެވެ.
ގުޅުން ހުރި ޙަބަރުތައް

ދެ ހަފްތާ ތެރޭގައި 83 މަސާޖު ޕާލާ ބަންދުކޮށްފި
ގަޑިއިރެއް ކުރިން
ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި
ގަޑިއިރެއް ކުރިން

އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ދަސްވެނިވުމުގެ ޖަލްސާ، ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި
ގަޑިއިރެއް ކުރިން

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދެނީ
2 ގަޑިއިރު ކުރިން


