
ގޫގުލްގެ ޕްރޮޖެކްޓަށް ބިން ހަމަޖައްސައިދީފި

މުޙައްމަދު ފަޟްލޫން - 20 ނޮވެމްބަރު 2025 - 09:00
ގޫގުލް އިން އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކުރަން ނިންމާފައިވާ އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިންގ ސްޓޭޝަނަށް 15،000 އަކަ މީޓަރުގެ ބިމެއް ހަމަޖައްސައިދީފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބިން ކުއްޔަށް ދޫކޮށްފައިވަނީ އެތަނުން ލިބޭ އާމްދަނީ އައްޑޫ ސިޓީ ކައުންސިލަށް ލިބޭ ގޮތަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ގޫގުލް އިން އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމްކުރަން ނިންމާފައިވާ ސަބްމެރިން ކޭބަލް ލޭންޑިންގ ސްޓޭޝަންގެ އިތުރުން ނެޓްވޯކް ފެސިލިޓީ އަކީ އެމެރިކާގެ ނިއުޔޯކްގައި 2024 ވަނަ އަހަރު ގޫގުލްގެ އިސްވެރިންނާއި ރައީސް ޑރ މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ފެށިގެންގޮސްފައިވާ މަޝްރޫއެކެވެ.
މިއިންވެސްޓްމެންޓްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ގުޅުންތަކަށް އެދެވޭ އިންގިލާބީ ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ގޫގުލް މަޝްރޫއަށް ބިމެއް ދޫކުރަން ފާސްކޮށްފައިވަނީ ކައުންސިލްގެ ރަސްމީ ޖަލްސާގައެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި ގޫގުލް ގެ ޕްރޮޖެކްޓަށް ދޫކުރި ބިމަކީ ހިތަދޫ ހިއްކި ބިމުން ހައުސިންގ މިނިސްޓްރީއަށް ރަޖިސްޓްރީ ކޮށްދީފައިވަނީ 15،000 އަކަ ފޫޓުްގެ ބިމެކެވެ.
އައްޑޫ ސިޓީ ކައުންސިލުން ގޫގުލް ޕްރޮޖެކްޓަށް ކުއްޔަށް ދޫކުރި ބިމުން ގާތްގަނޑަކަށް މަހެއްގެ މައްޗަށް 1.1 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ބިމެއް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެ ފައިސާ އައްޑޫގެ ތަރައްގީއަށް ކައުންސިލަށް ލިބޭނެކަން ކަށަވަރުކުރަންޖެހޭނެ ކަމަށް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުން ފާހަގަކުރައްވާފައިވެއެވެ.
ގޫގުލްގެ ދިވަރު މަޝްރޫއަކީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ ދެކުންފުނި ކަމަށްވާ އުރީދޫ އާއި ދިރާގު ބައިވެރިކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ބައިނަލް އަގްވާމީ އެތައް ސަބްމެރިން ކޭބަލް ސިސްޓަމްތަކެއް ލޭންޑް ކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިން އެދޭ އެދުމަކީ މިއަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން: ނައިބު ރައީސް
8 މިނިޓު ކުރިން

ޕޮލިޓެކްނިކްގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ކުލާސްތަކެއް ކުރިއަށްގެންގޮސްފި
10 މިނިޓު ކުރިން

އެކްސަސައިޒް އެކުވެރިން ނިންމާލައިފި
21 މިނިޓު ކުރިން

ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް މަޖިލީހުގެ ރައީސްގެ ޝުކުރު
2 ގަޑިއިރު ކުރިން


