
ފުވައްމުލައް ސިޓީ ކައުންސިލްގެ 19 އަހަރުން ދަށުގެ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރިޟްވާން މޫސާ - 11 އޮކްޓޯބަރު 2026 - 07:49
ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ފުވައްމުލައް ސިޓީ ކައުންސިލް އަންޑަރ 19 ހޭންޑްބޯޅަ މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މި މުބާރާތަކީ 19 އަހަރުން ދަށުގެ އަންހެން ކުދިންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ހޭންޑްބޯޅައިގެ ހުނަރު އިތުރަށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރު 2026 ގައެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު، 08 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އަށް އީމެއިލް ކުރައްވަން ޖެހޭނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތުގެ ޤަވާއިދު ފުވައްމުލައް ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން މިހާރު ލިބެން ހުންނާނެ ކަމަށްވެސް އެ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
ގުޅުން ހުރި ޙަބަރުތައް

ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގެ ރަޖިސްޓްރީގައި 15،000 އަށްވުރެ ގިނަ މީހުން
10 ގަޑިއިރު ކުރިން

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ބާއްވާ އަހަރީ 7 ވަނަ ސިމްޕޯޒިއަމް އިފްތިތާހުކޮށްފި
10 ގަޑިއިރު ކުރިން

މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއް!
10 ގަޑިއިރު ކުރިން

46 ވަނަ މަސްވެރިންގެ ދުވަހުގެ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
10 ގަޑިއިރު ކުރިން


