
ގޯތި ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 03 ފެބްރުއަރީ 2026 - 06:38
ހުޅުމާލެ 3ވަނަ ފިޔަވަހިން ދޫކުރަން ނިންމާފައިވާ ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ބަލައިގަތުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނަށް ގެނެވުނު އިސްލާޙުތަކާ ގުޅިގެން، އެ ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ޕްލޮޓްތައް އަލުން ވަނީ ކަނޑައަޅާފައެވެ.
ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ބިން ކަނޑައެޅުމަށް ބޭއްވި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
ތިންވަނަ ފިޔަވަހިން ޖުމުލަ 7 ސައިޒެއްގެ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޯތިތަކުގެ ތަފްޞީލަކީ:
1,650 އަކަފޫޓުގެ 181 ގޯތި
2,050 އަކަފޫޓުގެ 242 ގޯތި
2,450 އަކަފޫޓުގެ 132 ގޯތި
2,850 އަކަފޫޓުގެ 62 ގޯތި
3,250 އަކަފޫޓުގެ 41 ގޯތި
3,650 އަކަފޫޓުގެ 16 ގޯތި
4,000 އަކަފޫޓުގެ 24 ގޯތި
ހައުސިންގ މިނިސްޓްރީ އިން މިހާރު ވަނީ ހުޅުމާލެ ތިންވަނަ ފިޔަވައްސާއި ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު އެއްބަސްވުންތަކާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ.
މިކަމަށް އެދި ރަޖިސްޓްރީވުމުގެ ފުރުޞަތު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މާރިޗު 15 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
އެޕޮއިންޓްމަންޓަށް އެދި ހުށަހަޅާ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީއާ ހަވާލުވުމަށް ހާޒިރުވާންޖެހޭ ތަނާއި ގަޑި، ހިޔާވެހި ޕޯޓަލްގެ އިތުރުން ފޯނަށް ފޮނުވާ އެސް.އެމް.އެސް މެދުވެރިކޮށް އަންގަމުންދާނެއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނަށް ބަދަލު ގެންނަން ޖެހުނީ، ކުރިން އެކުލަވާލި ޕްލޭނުގައި އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ބިންތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކަނޑައަޅާފައި ނެތުމުންނެވެ. އައު މާސްޓަރ ޕްލޭން އެކުލަވާލުމާއެކު، ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކަށް ވަނީ ބައެއް ބަދަލުތައް އައިސްފައެވެ.
ހައުސިންގ މިނިސްޓްރީގެ ފަރާތުން ބިން ކަނޑާ އިން ވަކިކޮށް ގޯތި ހަވާލްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން – ސާބިތުކަމާއެކު ކުރިއަށް
8 ގަޑިއިރު ކުރިން

އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމެއް ބީއެމްއެލް އިން ހަމަޖައްސައިފި
9 ގަޑިއިރު ކުރިން

ކުޑަ ކުއްޖަކުލައްވައި މަސްތުވާތަކެތި އުފުލުވި ދެ މީހަކު ހައްޔަރުކޮށްފި
9 ގަޑިއިރު ކުރިން

ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރެވިގެން: މިނިސްޓަރ
9 ގަޑިއިރު ކުރިން


