
ބޭސް ފިހާރައެއް
ބޭހުގެ އަގުތަކާއި ލިބެންހުރި ތަންތަން ދެނެގަނެވޭ ޕޯޓަލް މި މަހު ޢާންމުކުރަނީ

މުޙައްމަދު ފަޟްލޫން - 12 ނޮވެމްބަރު 2026 - 11:58
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ފާމަސީތަކުން ބޭސް ލިބެންހުރި މިންވަރާއި އެ ތަކެތީގެ އަގުތައް އާންމުންނަށް ފަސޭހަކަމާއެކު ބަލައިލެވޭނެ ހާއްސަ ޕޯޓަލް އެއް، މި ނޮވެމްބަރު މަހުގެ ނިޔަލަށް ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާކަމަށް ސްޓޭޓް ފާމާއިން ބުނެފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ (ސީޓީއޯ) އަހްމަދު ޒިޔާއު ސަޢީދު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޚިދުމަތްތައް ހަލުވިކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ އެ ކުންފުނީގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.
މި ނިޒާމު ތަރައްގީ ކުރުމުގެ މައިގަނޑު އަނެއް މަގްސަދަކީ، ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލައި ދެނެގަތުމެވެ.
ސްޓޭޓް ފާމާއިން އިތުރަށް ހާމަކުރި ގޮތުގައި، ކުރިއަށް އޮތް އަހަރަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމަށާއި، ބޭހުގެ ތާށިކަމެއް ނެތި ހިދުމަތް ފޯރުކޮށްދިނުން ކަށަވަރުކުރުމަށް މި ޕޯޓަލް މެދުވެރިކޮށް ލިބޭ ތަފާސްހިސާބުތަކުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މީގެއިތުރުން، ބޭނުންވާ މިންވަރު ދެނެގަނެވުމުން، ގިނަ ދުވަހަށް ރައްކާކުރެވޭ ބާވަތްތަކުގެ ބޭސް އަތޮޅުތަކުގެ ރަށްރަށުގައި ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެންޑީއެމްއޭ އިން ކާރިސާތަކުން ހޭލުންތެރިކުރުމާއި ބެހޭ ސެޝަންއެއް ބޮޑުފުޅަދޫގައި ކުރިއަށް ގެންގޮސްފި
9 މިނިޓު ކުރިން

ހަތަރުވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ނިންމާލައިފި
10 މިނިޓު ކުރިން
.jpeg&w=3840&q=75)
ޤައުމީ ޙަރަކާތުގެ ސެކްރެޓޭރިއަޓުން ރަސްމާލެ މަޝްރޫޢާ ދެކޮޅު ކަމަށް ބުނެ އަލްޢައްބާރަށް ސިޓީއެއް!
12 މިނިޓު ކުރިން

މަގުމައްޗަށް ކުޅުޖެހުން: ބޭއަދަބީ އަދި ނުރައްކާތެރި ކަމެއް!
ގަޑިއިރެއް ކުރިން


