logo
ސައިބާ ކްރައިމް ހުއްޓުވުމަށް މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި ރާއްޖޭން ބައިވެރިވުން / ފޮޓޯ: ފޮރިން މިނިސްޓަރ ޑރ. ޚަލީލް

ސައިބާ ކްރައިމް ހުއްޓުވުމަށް މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި ރާއްޖޭން ބައިވެރިވުން / ފޮޓޯ: ފޮރިން މިނިސްޓަރ ޑރ. ޚަލީލް

ސައިބާ ކްރައިމް ހުއްޓުވުމަށް މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި ރާއްޖޭން ބައިވެރިވެއްޖެ

profile

އައިޝަތު އިބްރާހިމް - 25 އޮކްޓޯބަރު 2025 - 07:34

އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ނުވަތަ ސައިބާ ކްރައިމް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި މިއަދު ރާއްޖެއިން ބައިވެރިވެއްޖެއެވެ.

https://wamco.com.mv/

މިއާއެކު ރާއްޖެ ވެފައި މިވަނީ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް"ގައި އެންމެ ފުރަތަމަ ބައިވެރިވި އެއް ޤައުމެއްގެ ތެރޭގައެވެ.

ސައިބާ ކްރައިމް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމް"ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ރުހުން ދީފައެވެ.

View post on Twitter

ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ސީރިއަސް ކުށްތަކަށް އިލެކްޓްރޯނިކް ހެކި ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް އެހީވެދޭ މި މުއާހަދާގައި ޤައުމުތަކުން ސޮއިކުރަން ފަށާފަމިވަނީ ސައިބަރ ކްރައިމްއާ ދެކޮޅަށް، ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދާ ހައިލެވަލް ކޮންފަރެންސްގެތެރެއިންނެވެ.

ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލްއެވެ.

މި މުއާހަދާ އެކުލަވާލާފަވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު ކަމުގައި ވީނަމަވެސް، ޤައުމުތަކުން ސޮއިކުރަން ފަށާފަވަނީ މިއަދުއެވެ.

ޑިޖިޓަލް ދާއިރާގެ ތެރެއިން ސަލާމަތީ ރައްކާތެރިކަން އިތުރުކޮށް، ތަޙުގީގުކުރުމުގެ ހުނަރު އިތުރުވެގެންދާނެ މި މުއާހަދާގައި ސޮއިކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރ ޚާލީލް ވިދާޅުވީ، މިއީ ވަރަށް ތާރީޚީ މުނާސަބާއެއްކަމަށެވެ. އެއީ ރައްކާތެރި ޑިޖިޓަލް މުސްތަގުބަލެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމުތަކަކީ ސައިބާ ނުރައްކާ އިތުރަށް އޮތް ގައުމުތަކެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ވަސީލަތުގެ ދަތިކަމާއެކު މި ފަދަ މައްސަލަތަކުގެ ނާޒުކު ކަން ބޮޑުވާ ސަބަބެއްކަމަށެވެ. ނަމަވެސް މި ގޮންޖެހުންތަކާ ކުރިމަތިލާ، ޑިޖިޓަލް ޕްލެޓްފޯމަކީ ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ރާއްޖެއިން ކުރާކަމަށެވެ.

މި ޤާއިމުކުރި އެއްބަސްވުމުގެ ސަބަބުން މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޓަނެޓް މެދުވެރިކޮށް ކުރާ ތަފާތު ބާވަރުގެ ކުށްތައް އިތުރުވެގެންދިއުމަކީ ހުރިހާ ޤައުމަތަކަށް ދިމާވަމުންދާ ބޮޑު ގޮންޖެހުމެވެ. މިފަދަ ކުށްތަކުގައި އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުން ޤައުމުތަކަށް ދަނީ ވަމުންނެވެ.

ރާއްޖޭގައި ސައިބާ ކުށްތައް އިތުރުވެ، އެފަދަ ކުށްތައް މަދުކުރުމަށް ފުލުހުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ޑިޖިޓަލް ނުރައްކާތައް ދެނެގަނެ، ކުށް މަދުކުރަން ސައިބާ ސެކިއުރިޓީ ސެންޓަރެއް މިދިޔަ އޮގަސްޓު މަހު ހުޅުވައިފައިވެއެވެ.

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް" ހައިލެވެލް ކޮންފަރެންސްގެ މި ބައްދަލުވުންތަކުގެތެރެއިން ރާއްޖެއިން މުހިންމު މަޝްވަރާތަކުގައި ބައިވެރިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay