logo

މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު

profile

އައިޝަތު އިނާޝާ - 12 ޑިސެމްބަރު 2025 - 08:15

މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

https://wamco.com.mv/

މެޓް އޮފީހުން، ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 3:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

ވައި ޖެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވަނީ އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައިކަމަށް ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް އަބަދުވެސް ރައްކާތެރިވެ ތިބުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay