
ކޮންގޯ އާއި އަލްޖީރިއާ ވާދަކުރި މެޗުގެ ތެރެއިން...
ފަހުވަގުތު އަލްޖީރިއާ އަތުން ބަލިވެ ކޮންގޯ މުބާރާތުން ކަޓައިފި

ހަސަން ޝަމްއޫން - 06 ޖެނުއަރީ 2026 - 22:18
މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންގެ ދެވަނަ ބުރުގައި އަލްޖީރިއާ އާއި ވާދަކޮށް ފަހުވަގުތު ވަރަށް ހިތްދަތި ގޮތަކަށް ބަލިވެ ކޮންކޯ މުބާރާތުން ކަޓައިފިއެވެ.
އަލްޖީރިއާ އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކޮންގޯ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތިގައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 90 މިނެޓު ކުޅުން ނިމުނުއިރު، ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގައި އަލްޖީރިއާ އިން ވަނީ އެޓީމުގެ އެޓީކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން އިތުރުވަގުތުގެ 15 މިނެޓުގެ ދެހާފުގައި ވެސް އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އެޓީމުން ކުއާޓާ ފައިނަލް ޔަގީންކުރި ލަނޑު މެޗުގެ 119 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އާދިލް ބޮލްބީނާއެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލްޖީރިއާ ކުރީގައި އޮވެގެންނެވެ.
2019 ވަނަ އަހަރަ އެފްރިކާ ކަޕް އޮފް ނޭޝަން ކާމިޔާބުކުރި ފަހުން ފުރަތަމަ ފަހަރަށް އަލްޖީރިއާ މިމުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، ކުއާޓާގައި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 21:00 ގައި އެޓީމުން ނުކުންނާނީ ނައިޖީރިއާ އާއި ދެކޮޅަށެވެ.
ގުޅުން ހުރި ޙަބަރުތައް

މާސޭ ބަލިކޮށް ޕީއެސްޖީ އިން ސުޕަކަޕް ދިފާއުކޮށްފި
19 ގަޑިއިރު ކުރިން

ތާވަލުގެ ފުލުން ދެވަނައިގައި އޮތް ބާންލީ އިން ވެސް ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފި
2 ދުވަސް ކުރިން

މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު ޗެލްސީ އަތުުން ފުލަމްއަށް އުނދަގޫ މޮޅެއް
2 ދުވަސް ކުރިން

ބްރައިޓަން އާއި އެއްވަރުވެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ސިޓީ އިން ނަގާލައިފި
2 ދުވަސް ކުރިން


