
ފިލްމް އަދީޕޫރަޝްގެ 10،000 ޓިކެޓް ރަންބީރު ކަޕޫރު ބަހަނީ!

ޢާއިޝަތު ޢަލީ - 08 ޖޫން 2023 - 14:46
ފިލްމް އަދީޕޫރަޝްގެ 10،000 ޓިކެޓް ރަންބީރު ކަޕޫރު އެންޖީއޯތަކަށް ބަހާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ހިންދީ ފިލްމް އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަންބީރު ކަޕޫރު ވަނީ އަދީޕޫރަޝްއަށް ސަޕޯޓް ދިނުމުގެ ގޮތުން، ރަންބީރު ފިލްމުގެ 10،000 ޓިކެޓް މުޅި އިންޑިއާގެ ފަގީރު ކުދިންނަށް ހަދިޔާ ކުރާނެއެވެ.އެ ފިލްމަކީ ހިންދޫ ބުދު ދީނުގެ ރަމަޔާނާގެ މައްޗަށް ބިނާކޮށް ހަދައިފައިވާ ފިލްމެކެވެ. ޚުދު ރަންބީރު ވެސް ކުޑައިރު ރާމާޔާނާ އިން ގިނަ ކަންތައްތަކެއް ދަސްކޮށްފައިވާކަމަށާއި އޭނާގެ އުންމީދަކީ މިއަދުގެ ޖީލުގެ ކުދިންނަށް ޝްރީ ރާމްގެ ވާހަކައިން ގިނަ ކަންތައްތަކެއް ދަސްވުންކަމުގައި އޭނާ ދެކެއެވެ.
ފާހަގަކޮށްލެވޭގޮތުގައި، ރަންބީރު އަމިއްލައަށް ވެސް ތައްޔާރުވަމުން އަންނަނީ ސީތާގެ ރޯލުން އޭނާގެ އަންހެނުން އާލިއާ ބަޓް އާއެކު ނިތޭޝް ޓިވާރީގެ ރަމްޔާނާ ރެންޑިޝަންގައި ލޯޑް ރާމްގެ ރޯލު އަދާކުރުމަށެވެ.
މީގެއިތުރުން ބުދަ ދުވަހު ޕްރޮޑިއުސަރު އަބިޝެކް އަގަރްވާލް އޭނާގެ ސޯޝަލް މީޑިއާގައިވަނީ، ވަރަށް އަވަހަށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ އަދީޕޫރަޝްގެ 10،000 ޓިކެޓް މުޅި ޓެލަންގާނާގެ ފަގީރު ކުދިންނާއި މުސްކުޅިންގެ ގެތަކަށް ހަދިޔާ ކުރާނެ ކަމަށް އިއުލާން ކޮށްފައިއެވެ.
ޕްރަބާސް، ކްރިތީ ސަނޯން، އަދި ސައިފް އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ ބޫޝަން ކުމާރު ޕްރޮޑިއުސްކުރާ އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން 16، 2023 ގައިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮންސިއުމަރ ޕްރޮޓެކްޝަން އަދި ޑިއު ޑިލިޖެންސް ގަވާއިދަށް ޚިޔާލު ހޯދަން އެމްއެމްއޭއިން ހުޅުވާލައިފި
ގަޑިއިރެއް ކުރިން
"ދެން ހުއްޓާލަމާ" ކެމްޕޭން ކާމިޔާބުކުރުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވޭ: ގީލާ
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
ދިގުރަށު އެމްއެންޔޫ ރީސާޗް ފެސިލިޓީއާއި ސްކޫލް އިމާރާތުގެ ސާމާނު އެރަށަށް ގެންގޮސްފި
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށް: އެމްއެންޑީއެފް
2 ގަޑިއިރު ކުރިން


