
ޖަޕާނުން ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި

މުޙައްމަދު ފަޟްލޫން - 03 ފެބްރުއަރީ 2026 - 06:38
ޖަޕާން ސަރުކާރުގެ ފަރާތުން އެމްއެންޑީއެފަށް ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި އެވެ.
މި އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.
ރާއްޖޭގެ ފަރާތުން މި އުޅަނދާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ދިފާއީ ވަޒީރު، ޣައްސާން މަޢުމޫނެވެ.
މިއީ ޖަޕާން ސަރުކާރުގެ އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް ގެ ދަށުން ހަދިޔާކުރި އުޅަނދެކެވެ.
މި އެހީގެ ސަބަބުން، ރާއްޖޭގެ ރަށްތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އަދި އެހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.
ޖަޕާނު ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ ބައިނަލްއަގުވާމީ ބަނދަރުތައް ބެލެހެއްޓުމަށް ބޭނުންވާ ޕެޓްރޯލް ބޯޓެއް ކަސްޓަމްސް އަށް ވެސް ހަދިޔާކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން – ސާބިތުކަމާއެކު ކުރިއަށް
8 ގަޑިއިރު ކުރިން

އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމެއް ބީއެމްއެލް އިން ހަމަޖައްސައިފި
9 ގަޑިއިރު ކުރިން

ކުޑަ ކުއްޖަކުލައްވައި މަސްތުވާތަކެތި އުފުލުވި ދެ މީހަކު ހައްޔަރުކޮށްފި
9 ގަޑިއިރު ކުރިން

ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރެވިގެން: މިނިސްޓަރ
9 ގަޑިއިރު ކުރިން


