
މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
އައްޑޫ ބަހުން ކުރި ސުވާލަށް، މިނިސްޓަރ ޖަވާބު ދެއްވީ ހުވަދޫ ބަހުން

އާމިނަތު ޝަޒްލާ - 13 ޖުލައި 2026 - 12:07
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އައްޑޫ ބަހުރުވައިން ކުރެއްވި ސުވާލުތަކަށް، ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ހުވަދޫ ބަހުރުވައިން ޖަވާބުދެއްވައިފިއެވެ.
މި ޖަލްސާގައި މެންބަރު ސޯދިގު މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކަށެވެ. އެގޮތުން، ފެނަކައިގެ ފެން ޕްލާންޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ހިތަދޫގައި އިމާރާތްކުރަމުންދާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހުއްޓިފައިވާތީ، އެ މަޝްރޫއުތައް އަލުން ފެށޭނެ ތާރީހަކާ ގުޅޭގޮތުން އޭނާ ސުވާލު ކުރެއްވިއެވެ.
ހުވަދޫ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރު މުއްތަލިބު، މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވަން ފެއްޓެވީ ހުވަދޫ ބަހުރުވައިންނެވެ. ވަޒީރު ވިދާޅުވީ އައްޑޫގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، މި ސަރުކާރުން އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްގެން މުހިންމު މަސައްކަތްތަކެއް ބާރުސްޕީޑުގައި ކުރިއަށްގެންދާ ކަމަށެވެ.
މީގެ އިތުރުން، މިހާރު ކުރިމަތިވެފައިވާ ބައެއް މައްސަލަތަކަކީ ނިމިދިޔަ ސަރުކާރުން މަގު ހެދުމުގެ މަޝްރޫއުތައް ރޭވުމެއް ނެތި ކުރިއަށް ގެންދިއުމުގެ ސަބަބުން ދިމާވި ކަންކަން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ނިމިދިޔަ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ސޯދިގު ހުންނެވިއިރު އެ މަސައްކަތްތައް ހިނގާފައިވާ ގޮތުން، އެކަމުގެ ޒިންމާ މެންބަރުވެސް އުފުއްލަވަން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މެންބަރު ސޯދިގު މަޖިލީހުގައި މުޅިންވެސް އައްޑޫ ބަހުރުވައިން ވާހަކަދައްކަވާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އޭނާ ވިދާޅުވަމުން ގެންދަވަނީ ރަސްމީ ބަހުރުވަ ނުވަތަ މާލެ ބަހުރުވަ އަދިވެސް ދަސްކުރައްވަމުން ގެންދަވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޤަޠަރުގެ އަމީރު، ރައީސް އާއި ބައްދަލުކުރައްވައިފި
6 ގަޑިއިރު ކުރިން

ތިނަދޫ ސިޓީ "އާބާދީ 60" ޖަލްސާއަށް ރައީސްއާ ކުރީގެ ރައީސުންނަށް ދަޢުވަތު ދެނީ
7 ގަޑިއިރު ކުރިން

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
7 ގަޑިއިރު ކުރިން

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)