
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފި

މުޙައްމަދު ފަޟްލޫން - 12 ޖޫން 2026 - 08:34
މާލޭގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ.
ހައިޕަމާކެޓް ކޮންސެޕްޓަށް ފަރުމާކޮށް، އަމިއްލަ ވިޔަފާރިތަކަށްވެސް ފުރުޞަތު ފަހިވާނެހެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ 2022 ވަނަ އަހަރުގައެވެ.
އަލަށް ހުޅުވި މި ފަންގިފިލާގައި ތަފާތު އެކި ބްރޭންޑުތަކުގެ އުފެއްދުންތައް ލިބެން ހުރިއިރު، އަމިއްލަ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ޕީކަބޫ އާއި ޕްރޮކިއުރ ޕްލަސް ފަދަ ފިހާރަތަކުގެ ތަކެތިވެސް ލިބެން ހުންނާނެއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އެސްޓީއޯއިން ވަނީ ސުންމީ ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައެވެ.
މި ބްރޭންޑު ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ ޗެއަރޕާރސަން އާމިރު މަންސޫރެވެ.
މީގެ އިތުރުން، ފިލިޕްސް ބްރޭންޑުގެ އެއަރ ކޮންޑިޝަނަރތައްވެސް ވަނީ ބާޒާރަށް ނެރެފައެވެ.
މި އުފެއްދުން ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހިމެވެ.
އެސްޓީއޯއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ އައުޓްލެޓްތައް ގާއިމުކޮށް، ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
4 ގަޑިއިރު ކުރިން

ނިލަންދޫ ކަތީބު ދޮންބެ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
4 ގަޑިއިރު ކުރިން

ރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
6 ގަޑިއިރު ކުރިން

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)