logo

އެކްސްޕޯޓް އިމްޕޯޓާއި ގުޅޭ ޚިދުމަތްތައް ޓްރޭޑިއަން ޕްލެޓްފޯމުން އެކަނި ލިބޭގޮތަށް ބަދަލުކުރުން ފަސްކޮށްފި

profile

އައިޝަތު އިބްރާހިމް - 01 ޖޫން 2025 - 06:15

އެކްސްޕޯޓް އިމްޕޯޓާއި ގުޅޭ ހިދުމަތްތައް ޓްރޭޑިއަން ޕްލެޓްފޯމުން އެކަނި ލިބޭގޮތަށް ބަދަލުކުރުން ފަސްކޮށްފިކަމުގައި މިނިސްޓްރީ އޮފް އިކޮނިމޮކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެފިއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެގޮތަށް ނިންމީ އިމްޕޯޓް އެކްސްޕޯޓް އާއިގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ޓްރޭޑިއަން ޕްލެޓްފޯމާއި ގުޅުންހުރި އެހެން ސިސްޓަމްތައް ގުޅުވާލުމާއި، ޚިދުމަތްތައް ދިނުމުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް މައްސަލައެއް ދިމާނުވާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަން ޖެހޭ ޓެސްޓުތައް ހެދުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ފެންނާތީ ކަމަށެވެ.

1 ޖޫން 2025 އިން ފެށިގެން މި ޚިދުމަތްތައް ހޯދޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަންކަމަށް އޮތް އޮތުން ފަހުގެ ތާރީޚަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި މި ބަދަލާއި ގުޅިގެން، ވަކި ތާރީޚެއް ކަނޑައެޅެންދެން، މިހާރެކޭ ވެސް އެއްގޮތަށް އިމްޕޯޓް އެކްސްޕޯޓާ ގުޅޭ ޚިދުމަތްތައް ފޮރުކޮށްދެމުން ގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމުން މި ޚިދުމަތްތައް ދިނުމަށް ތައްޔާރުވިހާ އަވަހަކަށް އެކަން އިޢުލާނު ކުރައްވާނެކަަން މިނިސްޓްރީން ފާހަގަކުރެއެވެ.

ވިޔަފާރިވެރިންނާއި ޚިދުމަތްދޭ އިދާރާތަކާ ގުޅުވައިދޭ ޕްލެޓްފޯމު "ޓްރޭޑިއަން" އިފްތިތާޙްކުރީ މިދިޔަ އަހަރުއެވެ. މި ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަ ދިނުމުގައި ޙަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހިވެގެންދާނެއެވެ. މިއީ ސަރުކާރުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޤާއިމުކުރި ޕޯޓަލެކެވެ.

ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި އަދި ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay