logo

ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ އާއިލާއަށް ރައީސް ތައުޒިޔާ ދަންނަވައިފި

profile

މުޙައްމަދު ފަޟްލޫން - 11 ޑިސެމްބަރު 2025 - 06:14

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާ ހޯދަމުންދަނިކޮށް ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ އާއިލާއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ދަންނަވައިފިއެެވެ.

https://wamco.com.mv/

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ވަޒީފާގެ ވާޖިބު އަދާކުރަމުންދަނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންދަނިކޮށް ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމަށްވާ އަހްމަދު އަޒްމީލް ނިޔާވި ހަބަރު އަޑުއެއްސެވީ ނުހަނު އަސަރާއި ހިތާމަ އާއި އެކުގައި ކަމަށެވެ.

މަރްހޫމް އަޒްމީލް އާއި އާއިލާއަށާއި ސްޓެލްކޯގެ ވެރިންނަށް ރައީސް ވަނީ ތައުޒިޔާ ދަންނަވައި ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވި ސްޓެލްކޯގެ މުވައްޒަފު އަހްމަދު އަޒްމީލް އަކީ އެކުންފުނީގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފެކެވެ. އޭނާ މަސައްކަތް ކުރަމުންދިޔައީ ކުންފުނީގެ ސުޕަވައިޒަރެއްގެ މަގާމުގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay