logo
ސިޗުއާން އެއަރައިނަށް ވީއައިއޭގެ އައު ޓާރމިނަލުން ޚިދުމަތް ދޭން ފެށުން / ފޮޓޯ: އެމްއޭސީއެލް

ސިޗުއާން އެއަރައިނަށް ވީއައިއޭގެ އައު ޓާރމިނަލުން ޚިދުމަތް ދޭން ފެށުން / ފޮޓޯ: އެމްއޭސީއެލް

ވީއައިއޭ އައު ޓާރމިނަލުން ސިޗުއާން އެއާލައިންސް އަށް ހިދުމަތްދޭން ފަށައިފި

profile

އައިޝަތު އިބްރާހިމް - 03 ނޮވެމްބަރު 2025 - 11:31

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓާރމިނަލް، ޓާރމިނަލް 1 ން ޗައިނާގެ ސިޗުއާން އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

https://wamco.com.mv/

ޓާމިނަލް އެކަކުން ސިޗުއާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފެވެ.

ރަސްމިއްޔާތުގައި ވިލާ ޓްރެވަލްސްގެ ސްޓޭޝަން މެނޭޖަރު މުހައްމަދު ފަޔާޒު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

undefinedސިޗުއާން އެއަރައިނަށް ވީއައިއޭގެ އައު ޓާރމިނަލުން ޚިދުމަތް ދޭން ފެށުން / ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނީ މި ރަސްމިއްޔާތުގައި ސިޗުއާން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް 3U3923 އިން ރާއްޖެ އައި 163 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ސިޗުއާން އެއާލައިންސް އާއެކު މިހާރު އައު ޓާރމިނަލުން ހިދުމަތް ދޭން ފެށި އެއާރލައިންތަކުގެ އަދަދު މިހާރު ވަނީ 19 އަށް އިތުރުވެފައެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެހިދުމަތެއް ފޯރުކޮށްދިނުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay