logo
ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ޓެކްސް ކޮމްޕްލަޔަންސް ހަރުދަނާކުރުމަށް މިނިސްޓަރ ޠާރިޤް އާއި ކޮމިޝަނަރ ޒަރީރު ބައްދަލުކުރައްވައިފި

profile

އައިޝަތު އިބްރާހިމް - 16 ސެޕްޓެމްބަރު 2025 - 08:36

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހިމް، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރާ މިއަދު ބައްދަލުކުރައްވައިފިއެވެ.

https://wamco.com.mv/

މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަނީ ޓެކްސް ނެގުން ހަރުދަނާކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ، ޓެކްސްގެ ކަންކަން ހަރުދަނާކުރުމާއި، ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ހިނގާ މަސައްކަތްތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

View post on Twitter

ހާއްސަކޮށް، ގައުމީ އިޤްތިސާދީ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި، މިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގެ ތެރެއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާއި އޮންނަ ގުޅުންތައް ބަދަހިކުރުމާއި ޓެކްސް ނެގުމުގެ މައުލޫމާތުތައް އެ ފަރާތްތަކަށް ހިއްސާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައިކަމުގައިވެސް ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކުހަކީ ދައުލަތައް ބޮޑު އާމްދަނީއެއް ލިބޭ ދާއިރާއަކަށްވާއިރު ޓެކްސް ނެގުން ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ދެފަރާތުންވެސް ވަނީ، ސާފުކަންބޮޑު އަދި ދެމެހެއްޓެނިވި، އަދި ޖަވާބުދާރީކުރުވޭނެ ނިޒާމެއް ގާއިމުކުރުމަށް އަޒުމް އާކުރައްވާފައެވެ. މި ނިޒާމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދޭނެ ނިޒާމެއްކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާޢި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ)އާއި ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ބައްދަލުވުމުގައި ވަނީ ދެއްވާފައިކަމުގައިވެސް މިނިސްޓްރީން ބުނެފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay