logo

އިންޑިއާ ސަފީރަކަށް އަޒީމާ އައްޔަންކުރަން ކޮމިޓީން ރުހުންދީފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 15 އޮކްޓޯބަރު 2024 - 12:30

އަޒީމާ

އަޒީމާ

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި މިހާރު ހުންނެވި އާއިޝަތު އަޒީމާ އައްޔަން ކުރުމަށް ރުހުން ދޭން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

އިންޑިއާ ސަފީރަކަށް އަޒީމާ އައްޔަން ކުރުމުގެ މައްސަލަ ތަޅުމަށް ހުށަހަޅައި، ކޮމިޓީއަށް ފޮނުވީ އިއްޔެއެވެ.

މިއަދު އެކަމާ ގުޅިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ އެމަގާމަށް އަޒީމާ ހަމަޖައްސަން ރުހުންދިނުމަށް ފާސްކޮށްފައެވެ.

އިންޑިއާ ސަފީރަކަށް އާ ބޭފުޅަކު މި ހަމަޖައްސަނީ އެ މަގާމުގައި ހުންނެވި އިބްރާހިމް ޝިހާބުގެ ސަފީރުކަމުގެ ދައުރު ހަމަވާތީއެވެ.

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި މިހާރު ހުންނެވި އަޒީމާ ވަނީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

https://int.etukuri.mv/
tel:+9607331319