
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގައި އާރްޑީސީގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ
އުސޫލުން ބޭރުން މުވައްޒަފުން ވަކިކުރާކަށް މެމޯއެއް ނުފޮނުވާ: އާރްޑީސީ

އާމިނަތު ޝަފާ - 27 ޖޫން 2024 - 06:48
ކުންފުނީގެ މުވައްޒަފުންތަކެއް ވަކިކުރަން މެމޯ ނުފޮނުވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.
އާރްޑީސީން ހުޅުމާލޭގެ ފެސިލިޓީގައި ހިންގަމުންދާ އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމެންޓްގެ މަސައްކަތްތައް ހުއްޓާލަން ނިންމައި އެ ފެސިލިޓީގެ މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް މި ވަގުތަށް ބޭނުންވާ މުވައްޒަފުން ނޫން އެހެން މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށްބުނެ ފޮނުވި މެމޯއާ ގުޅިގެން އަސްލުޓީވީން ސުވާލުކުރުމުން ލިޔުމުން ދެއްވި ޖަވާބުގައި އާރްޑީސީން ބުނީ މެމޯ ނެރެފައިވަނީ ކުންފުނިން ހިންގާ ވިޔަފާރިއެއްގެ ގޮތުގައި ބަލަހައްޓަމުން ގެންދިޔަ އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓް (އޭއެފްއެމް) އިން ކުރަމުން އައި ވިޔަފާރި ހުއްޓާލުމަށް 09 ޖޫން 2024 ގައި ބޭއްވުނު ކުންފުނީގެ ބޯޑު ބައްދަލުވުމުގައި ނިންމުމާއި ގުޅިގެންކަމަށެވެ. އެ ފެސިލިޓީއަކީ އެކޮމަޑޭޝަން ފެސިލިޓީއެއްގެ ގޮތުގައި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރަމުގެ ވިޔަފާރި ގޮތުގައި ހިންގުނު ފެސިލިޓީއެއްކަމަށާއި އަދި އެތަނުން ފައިދާއެއް ނުވެ ގެއްލުމުގައި ހިންގާ ވިޔަފާރިއަކަށްވުމާއި އަދި އެ ސަރަހައްދަކީ ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ސަރަހައްދަކަށްވެފައި އަދި ގޯތި ދޫކުރުމުގެ ކަންކަން ކުރަން ނިންމާފައިވާ ސަރަހައްދަކަށްވާތީ އެ ފިޔަފާރި ނިމުމަކަށް ގެންނަން ބޯޑުން ނިންމުމުން ކުންފުނީގެ މަސައްކަތަށް މި ވަގުތަށް ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން ވަޒީފާއާ ބެހޭ ޤާނޫނު ގެ ދަށުން ވަކިކުރަން ނިންމީކަމަށް ބަޔާޏުގައިވެއެވެ.
އަދި ވަކި ކުރެވޭ މުވައްޒަފުންނާއި މެދު އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތައް ކަމަށާއި އުސޫލުން ބޭރުން އެއްވެސް މުވައްޒަފަހު ވަޒީފާއިން ވަކިކޮށްފައިނުވާނެކަމަށް ބަޔާނުގައިވެއެވެ.
އާރްޑީސީ އަކީ މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާފައިވާ ކުންފުންޏެވެ. އާރްޑީސީގެ ހިންގުމުގެ ހަރަދުން 17 މިލިއަން ރުފިޔާ މިހާރު ކުޑަކޮށްފައިވާއިރު އެ ކުންފުނީގައި ގިނައީ ވަގުތީ މުވައްޒަފުންނެވެ. އެގޮތުން ކުންފުނީގައި 1،800 މުވައްޒަފުން ތިބި އިރު އޭގެ ތެރެއިން 1،200 މުވައްޒަފުންނަކީ ވަގުތީ މުވައްޒަފުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުގެ ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސަވައިފި
6 ގަޑިއިރު ކުރިން

ކުޅުދުއްފުށި ސިޓީގައި ގެނބިގެން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ
6 ގަޑިއިރު ކުރިން
އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 6،093 މީހުންނަށް ލިބގެންވޭ: އީސީ
7 ގަޑިއިރު ކުރިން

ރާއްޖެ އިން އާޖެންޓީނާގެ ނޮންރެސިޑެންޓް ސަފީރުކަމަށް ޑރ އަލީ ނަސީރު މުހައްމަދު އައްޔަނުކުރަން ފާސްކޮށްފި
12 ގަޑިއިރު ކުރިން


.gif&w=3840&q=75)