logo

ހުސްފުޅި ފަދަ ތަކެތީގައި ކާބޯތަކެތި ބަންދުކޮށްގެން ބޭނުން ކުރުމުން ލިބޭ ގެއްލުމަކީ ކޮބާ؟

profile

ރިޟްވާން މޫސާ - 23 ފެބްރުއަރީ 2026 - 15:07

ހުސްފުޅި ތަކުގައި (ޚާއްޞަކޮށް އެއްފަހަރު ބޭނުންކޮށްފައި އުކާލަން ހުންނަ ޕްލާސްޓިކް ފުޅިތަކުގައި) ކާބޯތަކެތި ބަންދުކޮށްގެން ގިނަދުވަހު ބެހެއްޓުމަކީ އޭގެ ސަބަބުން ޞިއްޙަތަށް ނުރައްކާތެރި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.

https://wamco.com.mv/

ބޯފެނާއި ލުއި ބުއިންތައް ހުސްކުރި "ޕެޓް" ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ދެވަނަ ފަހަރަށް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން ވެސް ވަނީ އަންގާފަ އެވެ.

އެމްއެފްޑީއޭއިން މިގޮތަށް އަންގާފައި މިވަނީ ބާޒާރުގައި ބައެއް ވިޔަފާރިކުރާ ފަރާތްތަކުން އެފަދަ ފުޅީގައި ތަކެތި ބަންދުކޮށް ވިއްކަމުންދާކަން އެއޮތޯރިޓީއަށް ފާހަގަވުމާއި ގުޅިގެންނެވެ.

ލިބިދާނެ ބައެއް މައިގަނޑު ގެއްލުންތަކަކީ:

  1. ވިހަ ކެމިކަލްތައް ކާބޯތަކެއްޗަށް އެކުވުން: އެއްފަހަރު ބޭނުންކުރަން ހުންނަ ޕްލާށްޓިކް ފުޅިތައް ގިނަ ދުވަސްވުމުން ނުވަތަ ހޫނު ވުމުން އޭގައި ހުންނަ އެންޓިމަނީ (antimony)، ބީ.ޕީ.އޭ (BPA) އަދި ތަލޭޓްސް (phthalates) ފަދަ ކެމިކަލްތައް ކާބޯތަކެއްޗަށް ލީކުވެއެވެ. މި ކެމިކަލްތަކަކީ ހޯރމޯންތަކަށް ބަދަލު ގެނުވާ އަދި ކެންސަރު ފަދަ ބަލިތަކަށް މަގުފަހުކުރުވާ މާއްދާތަކެކެވެ.
  2. ބެކްޓީރިއާ އުފެދުން: ޕްލާސްޓިކް ފުޅިތަކަކީ އެކަށީގެންވާ ގޮތެއްގައި ސާފުކުރަން އުނދަގޫ ތަކެއްޗެވެ. އޭގައި ހުންނަ ކުދިކުދި ރެނދުތަކުގައި ބެކްޓީރިއާ އާލާވެ ބޭރަށް ހިންގުމާއި، ކާނާ ވިހަވުން ފަދަ ކަންކަން މެދުވެރިވެއެވެ.
  3. މައިކްރޯ ޕްލާސްޓިކް ހަށިގަނޑަށް ވަނުން: ފުޅިތައް ދޮވެ، ގިނަދުވަސްވުމުން އޭގެއިން ކުދިކުދި ޕްލާސްޓިކް އެތިކޮޅުތައް ( microplastics ) ކާނާއަށް އެކުވެ، ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުން ދެއެވެ.
  4. ރަހަ އާއި ވަސްބެލުން: ކުރިން ފުޅީގައި ހުރި އެއްޗެއްގެ ވަހާއި ރަހަ ޕްލާސްޓިކްގައި ހަރުލާފައި ހުރުމުގެ ސަބަބުން، އަލަށް އަޅާ ކާބޯތަކެތީގެ މީރުކަން ގެއްލި ފެންވަރު ދަށްވެ އެވެ.

އެހެން ކަމުން ކާބޯތަކެތި ރައްކާކުރުމަށް ބިއްލޫރި ފުޅި ނުވަތަ "ފުޑް ގްރޭޑް" ޕްލާސްޓިކް ބޭނުންކުރުމަކީ އެންމެ ރައްކާތެރި ގޮތެވެ.

އެމްއެފްޑީއޭއިން ބުނީ ފެނާއި ލުއިބުއިންތައް ބަންދުކޮށްފައި ހުންނަ ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާގޮތަށް ތައްޔާރުކޮށްފައިވާ ފުޅިތަކެއްކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk