logo

ޓާމިނަލް 1 އިން ފަސްލައްކަ އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި

profile

މުޙައްމަދު ފަޟްލޫން - 22 ޑިސެމްބަރު 2025 - 13:56

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރ ޓާމިނަލް، ޓާމިނަލް 1 އިން މިހާތަނަށް ފަސް ލައްކަ އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފިއެވެ.

https://wamco.com.mv/

ތާރީހީ ކުލަގަދަ ހަފްލާ އަކާއެކު ވީއައިއޭގެ ޓާމިނަލް 1 ހުޅުވީ ރާއްޖޭގެ 60 ވަނަ މިިނިވަން ދުވަހުގެ އުފަލާއެކު 26 ޖުލައި 2025 ގައެވެ.

ޓާމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއެވެ.

ޓާމިނަލް 1 އިން މިއަހަރުގެ ޑިސެމްބަރު މަހުގެ 15 ގެ ނިޔަލަށް 508،008 ފަސިންޖަރުންވަށް ވަނީ ހިދުމަތް ދީފައެވެ. އެއީ ރާއްޖެއިން ފުރި 252،340 ފަސިންޖަރުންނާއި ރާއްޖެއައި 255،668 ފަސިންޖަރުންނެވެ.

މީގެ އިތުރުން މި ޑިސެމްބަރު މަހުގެ 21 އަކީ ޓާމިނަލް 1 އިން އެންމެ ފަސިންޖަރުންނަށް ހިދުމަތް ދިން ދުވަހެވެ. އެގޮތުން އިއްޔެ އެކަނިވެސް 19،551 ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ އިން ފުރި 8،681 ފަސިންޖަރުންނާއި ރާއްޖެ އައި 10،870 ފަސިންޖަރުންނެވެ.

ޓާމިނަލް 1 އިން މިހާތަނަށް 37 އެެއަރލައިނަކަށް ދަނީ ހިދުމަތް ދެމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay