logo

ޕޭމަންޓް މޯލްޑިވްސް އާއިއެކު މާލީ ނިޒާމަށް ބޮޑު ބަދަލެއް!

profile

މުޙައްމަދު ފަޟްލޫން - 22 ޑިސެމްބަރު 2025 - 14:06

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ޕޭމަންޓް މޯލްޑިވްސް) ގެ ނަމުގައި ކުންފުންޏެއް އުފައްދައިފިއެވެ.

https://wamco.com.mv/

މިކުންފުނި ރަސްމީކޮށް މިއަދު އިފްތިތާޚްކޮށްދެއްވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

މި ކުންފުނި ވެގެންދާނީ ދިވެހިރާއްޖޭގައި ހިންގާ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހަރުދަނާ ގޮތެއްގައި ހިންގުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އައު އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކުރުމަށް މަގުފަހިކޮށްދޭ ކުންފުންޏަކަށެވެ. އަދި ރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމަށްޓަކައި އިގްތިސާދުގައި ހަރަކާތްތެރިވާ އެކި ސެގްމަންޓްތަކަށް ބޭނުންވާ ޕޭމަންޓް ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް އެ މަސައްކަތްތައް ވިލަރެސްކުރާ މައިގަނޑު މުއައްސަސާއަށެވެ.

އެމްއެމްއޭއިން ހާމަކުރާގޮތުގައި ޕޭމަންޓް މޯލްޑިވްސް ވެގެން ދާނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވަކިކުރެވި، ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ކުރިއެރުވުމުގެ ޒިންމާ މަތިކުރެވިފައިވާ ކުންފުންޏަކަށެވެ.

ޑިޖިޓަލް-ފަސްޓް މާލީ ނިޒާމަކާ ދިމާއަށް ޕޭމަންޓް މޯލްޑިވްސް ތަޢާރަފުކުރުމަކީ ޑިޖިޓަލް ރާއްޖެއެއްގެ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ގިނަ ދިވެހިން ޑިޖިޓަލް ޕޭމަންޓު ބޭނުންކުރަން ފެށުމާއެކު، ހަރުދަނާ، ރައްކާތެރި، އަދި އެންމެންނަށް ބައިވެރިވެވޭ އިންފްރާސްޓްރަކްޗަރއެއްގެ ބޭނުން އިތުރުވެފައިވެއެވެ. އެމްއެމްއޭއިން ދެކޭގޮތުގައި ޕޭމަންޓް މޯލްޑިވްސްއަކީ މިހާރުގެ ނިޒާމުތަކަށް އެހީތެރިވުމުގެ އިތުރުން، ކުރިމަގުގެ ބޭނުންތަކަށް ތައްޔާރުވެ އެ ބޭނުންތައް ފުއްދައިދޭނެ ޕްލެޓްފޯމްއެވެ.

ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:

· އަވަސް އަދި ފަސޭހަ ޕޭމަންޓް ޚިދުމަތްތައް

· އިތުރު ރައްކާތެރިކަމާއެކު މާލީ މުޢާމަލާތްތައް ކުރުމުގެ ފުރުޞަތު

· އައު އީޖާދީ މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވުމުގެ ފުރުޞަތު

· މާލީ ޝާމިލުވުން އިތުރުވެ، އިތުރު ބަޔަކަށް ރަސްމީ މާލީ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ލިބުން

ވިޔަފާރިތަކަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:

· ޕޭމަންޓް ޕްރޮސެސިސިންގ ޚަރަދުތައް ކުޑަވުން

· އައު ޓެކްނޮލޮޖީތަކާއި ޚިދުމަތްތަކަށް ފަސޭހައިން އަހުލުވެރިވުމުގެ ފުރުޞަތު ލިބުން

· ބައިނަލްއަޤްވާމީ ވިޔަފާރީގެ ފުރުޞަތުތައް އިތުރުވުން

ޕޭމަންޓް މޯލްޑިވްސް ވެގެންދާނީ ދިވެހިރާއްޖޭގެ މާލީ ދާއިރާގެ މުސްތަޤުބަލަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ މާލީ އިންފްރާސްޓްރަކްޗަރ ހަރުދަނާވެ، އައު އީޖާދުތަކަށް މަގުފަހިވެ، އަދި ޑިޖިޓަލް އިޤްތިޞާދަކާ ދިމާއަށް ދަތުރުކުރުމަށް ބާރުލިބިގެންދާނެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވޭ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay