logo

ހުރަވީ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ޒިޔާރަތްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 22 ޑިސެމްބަރު 2025 - 13:55

ހުރަވީ ސްކޫލުގެ ގްރޭޑް 1ގައި ކިޔަވާ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

https://wamco.com.mv/

ހުރަވީ ސްކޫލުގެ 110 ދަރިވަރުންނާ 17 ޓީޗަރުން ބައިވެރިވި މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލުމުގެ އިތުރުން، ކަނޑުމަތީގައި ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތީ އާލާތްތައް ބޭނުންކުރާނޭ ގޮތްތައް ކިޔައިދީފައެވެ.

މި ޒިޔާރަތަކީ، ދަރިވަރުންގެ މެދުގައި މެރިޓައިމް އެވެއަރނަސްއާއި، ކަނޑުމަތީގެ ސަލާމަތާ ގުޅޭ، ކޮންމެހެން އެނގުން މުހިންމު މަޢުލޫމާތު އެ ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަގުސަދުގައި ކުރި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީގެ ސިފައިންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay