logo

މުހިންމު ތިން ބިލެއް މަޖިލީހުން ބަލައިގަނެ ކޮމެޓީއަށް

profile

ޝަހްޒާ މުޙައްމަދު - 05 ޖެނުއަރީ 2026 - 11:07

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެކީ ބާއްވަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ބިލް ހިމެނޭ ގޮތަށް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަަހެޅި ތިން ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ދިރާސާ ކުރަން ކަމާ ގުޅުން ހުރި ކޮމެޓީއަށް ފޮނުވައިފިއެވެ.

https://wamco.com.mv/

މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެކީ ބާއްވަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅި ބިލް ބަލައިގަންނަން ވޯޓު ދެއްވީ 46 މެންބަރުންނެވެ. އެ ބިލާއި ދެކޮޅަށް ފަސް މެންބަރަކު ވޯޓު ދެއްވާފައި ވެއެވެ. މިއާއެކު މި ބިލް ދިރާސާ ކުރަން މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ވަނީ ފޮނުވައިފައެވެ.

ރާއްޖޭގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ކުށަކަށް ހަދައި، އެ ކުށް ސާބިތުވެއްޖެ ނަމަ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނު އަގޫބާތަށް އިސްލާހް ގަންނަން ހުށަހެޅި ބިލް ބަލައިގަންނަން ވޯޓު ދެއްވީ 50 މެންބަރުންނެވެ. އެ ބިލާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވެއެވެ. ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް، ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާނެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި ޖުވާ ކުޅުމަކީ ވަކި މުބާރާތެއްގައި، ކުޅިވަރެއްގައި، ސްކީމެއްގައި އިލެކްޓްރޯނިކްކޮށް ނުވަތަ ޖުވާ ކުޅުމުގެ އާލާތެއް މެދުވެރިކޮށް ނުވަތަ ހިނގަމުންދާ ނުވަތަ ކުރިއަށް އޮތް ތަނުގައި ހިނގާނެ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް އެކަމުން ނުކުންނާނެ ކަނޑައެޅޭ ވަކި ނަތީޖާއެއް ލިބިގަތުމުގެ މުގާބިލްގައި މީހަކު އަގެއް ހުރި އެއްޗެއް ދޫކޮށްލުމެވެ. މަޖިލީހުން މި ބިލް ބަލައިގަތުމާ އެކު މި ބިލް ދިރާސާ ކުރަން ޖުޑިޝިއަރީ ކޮމެޓީއަށް ވަނީ ފޮނުވައިފައެވެ.

މީގެ އިތުރުން، ބޮޑެތި ބަލިތަކަށް ބޭސް ކުރުމަށް ޕެންޝަނުން ހަރަދު ކުރެވޭ ގޮތް ހަދަން ޕެންޝަނާއި ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ބަލައިގަންނަން ވޯޓު ދެއްވީ 51 މެންބަރުންނެވެ. އެ ބިލާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވެއެވެ.ސަރުކާރުގެ ފަރާތުން ޕެންޝަނާއި ބެހޭ ގާނޫނަށް މި އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.އެ ބިލް ހުށަހެޅުމުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބިދެވޭ ފައިސާއަށްވުރެ ބޮޑު އަަދަދެއްގެ ފައިސާ އެ މީހަކަށް އާމްދަނީގެ ގޮތުހައި ލިބޭ މީހުންނަށް އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށް ކަނޑައެޅުމާއި، ގެދޮރު އިމާރާތް ކުރުމާއި، ގެދޮރު މަރާމާތް ކުރުމުގެ ބެނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރައިޒް ކުރެވޭނެ ކަން ކަނޑައެޅުމާއި، ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ހާލަތްތަކުގައި އެ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެ ކަަމަށް ކަނޑައަޅައި، އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ގާނޫނުގައި ހިމެނުމަށް ކަމަށް ބުނެފައި ވެއެެވެ.

މި ބިލްވަނީ ދިރާސާ ކުރަން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ވަނީ ފޮނުވައިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay