logo

ވަޅި ހިފައިގެން ރަސްދޫ ފިހާރައަކަށް ވަދެ ފައިސާތަކެއް ފޭރިގެންފި

profile

އަހުމަދު ޒަލީފު - 12 އޭޕްރީލު 2023 - 22:05

އއ.ރަސްދޫ

އއ.ރަސްދޫ

ވަޅި ހިފައިގެން އއ.ރަސްދޫ ފިހާރައަކަށްވަދެ، އެ ވަޅިން ބިރު ދައްކާ، ފައިސާ ތަކެއް ފޭރިގެންފިއެވެ.

ރަސްދޫގައި ފިހާރައަކަށް ވަދެ، ފިހާރައިގެ ސޭޓަކަށް އިން މީހާއަށް ބިރުދައްކާ ފައިސާ ފޭރުނު މައްސަލައެއް މިއަދު ހެނދުނު 11:25 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ - ފުލުހުން

އަދި އެ މައްސަލައާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެެވެ.

އެނގިފައިވާގޮތުން އެ މީހާއަށް ބިރުދައްކާފައި ވަނީ ވަޅިއެއް ބޭނުންކޮށްގެންނެވެ.

https://int.etukuri.mv/
tel:+9607331319