logo

ރަސްދޫގައި 100 ޓަނުގެ އާރު.އޯ ޕްލާންޓެއް ބަހައްޓައިފި

profile

އަހުމަދު ޒަލީފު - 15 ޖޫން 2023 - 17:18

—

އއ. ރަސްދޫ އަށް 100 ޓަނުގެ އިތުރު އާރްއޯ ޕްލާންޓެއް ބަހައްޓައިފި އެވެ.

މި މަސައްކަތް ކުރިއަށް ގެންދިޔަ ސްޓެލްކޯ އިން ބުނީ ރަށުގައި އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށާއި، ރަސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި، އެ ރަށުގައި އިތުރު 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބެހެއްޓުމާ ގުޅިގެން މިހާރު މިހާރު އެ ރަށުގައި ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

އެކަމާާއި ގުޅިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ މި މަސައްކަތުގައި އުޅުއްވި މިކުންފުނީގެ ވޯޓާރ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ބައްދަލުކުރައްވާ އެ މުވައްޒަފުންގެ މަސައްކަތަށް ތަރުހީބުދެއްވާފައެވެ.

https://wamco.com.mv/
tel:+9607331319