
މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް / ފޮޓޯ: އަސްލުޓީވީ
ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށްލައްވައިފި: ނިޝާން

މުޙައްމަދު ފަޟްލޫން - 25 ނޮވެމްބަރު 2026 - 09:37
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ގާނޫނުއަސާސީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ބަދަލުކުރައްވާފައިވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަސްލުޓީވީ އިން ގެނެސްދޭ ދީލާ ނުލާށޭ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޝާން ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސުންނާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާ ދެމެދު ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. އެގޮތުން، ކުރީގެ ރައީސުން އެބޭފުޅުންގެ ސިޔާސަތުތަކާ ގާނޫނުއަސާސީ ފުށުއަރާނަމަ ބަދަލުވެވަޑައިގަތީ ގާނޫނުއަސާސީގެ އިމުގެ ތެރެއަށް ކަމަށާއި، ނަމަވެސް ރައީސް ޑރ. މުއިއްޒު ކަންކުރެއްވީ އެއާ ހިލާފަށް އެމަނިކުފާނަށް ފަސޭހަފުޅުވާ ގޮތަށް ގާނޫނުއަސާސީ އިސްލާޙުކުރައްވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ނަމަވެސް، އެކަނިމާއެކަނި މުޅި ދައުލަތުގެ ކަންކަން ނިންމެވުމުގެ ހައްގު އެއްވެސް ވެރިއަކަށް ލިބިގެންނުވާކަން ފާހަގަކުރައްވަމުން ނިޝާން ވިދާޅުވީ، ދައުލަތުގެ އެންމެހައި ބާރުތަކުގެ އަސްލަކީ އަދި އެންމެ ބާރުގަދަ ފަރާތަކީ އާންމު ރައްޔިތުން ކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީންނާއި އަދި ބައިނަލްއަގްވާމީ ޑިމޮކްރެޓިކް ހަމަތަކުން ވެސް ކަށަވަރުކޮށްދޭ އެންމެ އަސާސީ އެއް ސިފަކަމުގައި އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އދ. ގެ ޗާޓަރަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ ދައުލަތެއްގެ އެންމެ މުހިންމު ރުކުނަކީ އެ ގައުމެއްގެ ރައްޔިތުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ފަސް އަހަރުގެ ދައުރަކަށް ވަގުތީ ގޮތުން އައްޔަނުކުރެވޭ ފަރާތެއް ނަމަވެސް، ގައުމުގެ ދާއިމީ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމުގައި ނިޝާން ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، ގާނޫނުއަސާސީން ކަނޑައަޅާފައިވާ ދައުރުގެ ތެރޭގައި އެއްވެސް ވެރިއަކަށް ވަކި ހައްދެއް ނެތް މިންވަރަށް ދުސްތޫރީ ބާރުތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
2 ގަޑިއިރު ކުރިން

ވ. ތިނަދޫގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލައެއް ބަލަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި
2 ގަޑިއިރު ކުރިން

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހަގީގަތް ދެނެގަތުމަށް ބޮޑު ސާރވޭއެއް ފަށަނީ
4 ގަޑިއިރު ކުރިން

އާންމު ސިއްހަތުގެ އަސާސީ ޒިންމާތައް ހަރުދަނާކުރަން އެޗްޕީއޭއިން ވޯކްޝޮޕެއް ބާއްވައިފި
4 ގަޑިއިރު ކުރިން


