
އެމްޕީއެލް އިން ކްލިއަރ ކުރި ކޮންޓޭނަރުތަކުގެ އަދަދު މިދިޔަ މަހަށްވުރެ އިތުރު: އެމްޕީއެލް

އައިޝަތު އިބްރާހިމް - 14 ސެޕްޓެމްބަރު 2025 - 04:55
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލު)ން ކްލިއަރ ކުރި ކޮންޓޭނަރުތަކުގެ އަދަދު މިދިޔަ މަހަށްވުރެ އިތުރުވެފައިވާ ކަމަށް ބުނެފިއެވެ.
މިދިޔަ ހަފްތާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 1306 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.
އެމްޕީއެލުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި ކްލިއާ ކޮށްފައިވާ 1،306 ކޮންޓެއިނަރުގެ ތެރޭގައި 20 ފޫޓުގެ 452 އަދި 40 ފޫޓުގެ 427 ކޮންޓެއިނަރު ހިމެނެއެވެ.
މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޮގަސްޓް މަހު އެކުންފުނިން ވަނީ 6،663 ޓީއީޔޫސް ކްލިއަރކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ފޫޓުގެ 2،607 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،028 ކޮންޓެއިނަރެވެ.
މިދިޔަ ޖުލައި މަހު އެކުންފުނިން ވަނީ 6،320 ޓީއީޔޫސް ކްލިއަރކޮށްފައެވެ. މީގެ ތެރޭގައި 20 ފޫޓުގެ 2،380 ކޮންޓެއިނަރާއި، 40 ފޫޓުގެ 1،970 ކޮންޓެއިނަރު ހިމެނެއެވެ. މި ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮގަސްޓް މަހު އެމްޕީއެލުން ކްލިއަރކުރި ކޮންޓެއިނަރުގެ އަދަދު ވަނީ 5.4 އިންސައްތަ އިތުރު ވެފައެވެ.
އެމްޕީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު މިދިޔަ ހަފްތާގައި ވަނީ ބިސް، ފިޔާ، ކަރާ، އަލުވި، ޓޮމާޓޯ، ދޮންކެޔޮ، ކެބެޖް އަދި ސްވީޓް މެލަން ހިމެނޭ ކޮންޓެއިނަރުތައް ކްލިއާކޮށްފައެވެ.
މި ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު ބިސް: 71،037 ޓަނު، ފިޔާ: 55،581 ޓަނު، ކަރާ: 31،966 ޓަނު، އަލުވި: 24،225 ޓަނު އަދި ޓޮމާޓޯ: 16،918 ޓަނު ހިމެނެއެވެ. މީގެ އިތުރުން އަލަނާސި: 12،384 ޓަނު، ކެބެޖު: 12،400 ޓަނު، ދޮންކެޔޮ: 10،949 ޓަނު، 1017 ޕެކޭޖުގެ ބަރަބޯ އަދި 522 ޕެކޭޖުގެ ސްވިޓް މެލަން ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެމްޕީއެލުންވަނީ މިދިޔަ މަހު ދުވާލަކު އެވްރެޖްކޮށް 155 ކޮންޓެއިނަރ ކްލިއަރކޮށްފައެވެ. މިއީ ޖުލައި މަހު އެމްޕީއެލަށް ދުވާލަކު އެވްރެޖްކޮށް ކްލިއަރކުރެވުނު 145 ކޮންޓެއިނަރާއި އަޅާ ބަލާއިރު 7 އިންސައްތަ އިތުުރު އަދަދެކެވެ.
ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލުން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލުން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު އެތައް ގުނައަކުން ކުޑަވެފައިކަމަށް އެ ކުންފުނިން މީގެ ކުރިން ބުނެފައިވެއެވެ.
އެމްޕީއެލް ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރުމުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރުމުގެ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ޤާއިމްކޮށް، މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މި ކިއު ލައިވްކޮށް، ބޭނުންކުރުމަށް އެމްޕީއެލުން ނިންމާފައިވެއެވެ.
އެމްޕީއެލްއިން ދަނީ ކޮންމެ ހަފްތާއަކު ވެސް އެ ކުންފުނިން ކްލިއާކުރާ މުދަލުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. މި ހަފްތާގައި އެންމެ ގިނައިން ކުލިއާކޮށްފައިވަނީ ބިސްކަން ހާމަކޮށްފައިވާ ތަފާސް ހިސާބުން ދައްކައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުން އީރާނާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ނިންމައިފި
3 އަހަރު ކުރިން

ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް - އަމްރު
2 އަހަރު ކުރިން

އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު!
2 އަހަރު ކުރިން

ރާއްޖެއަށް ގެންނަ އިގްތިސާދީ އިސްލާހި އެޖެންޑާއަށް އިތުބާރު އެބައޮތް: އައިއެމްއެފް
2 އަހަރު ކުރިން