
—
ރައްޔިތުންގެ ހައްގުތަށް ކަށަވަރުކުރުމަށް ސިވިލް ރައިޓްސް ވުޒާރާ އުފައްދައިފި

އަހުމަދު ޒަލީފު - 19 ނޮވެމްބަރު 2023 - 09:01
ދިވެހި ރާއްޖޭގެ ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކުރުނަށް އޮފީސް ފޯ ސިވިލް ރައިޓްސްގެ ނަމުގައި އާ ވުޒާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން، ރައީސް މުއިއްޒުގެ އެންގެވުމުގެ ދަށުން ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތަށް ސަރުކާރުން ވަނީ އަލަށް ފަސް ވުޒާރާއެއް އުފައްދަވާފައެވެ.
ސަރުކާރުން އަލަށް އުފެއްވި ފަސް ވުޒާރާއަކީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ،ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އަދި އޮފީސް ފޯ ސިވިލް ރައިޓްސްއެވެ.
ރައްޔިތުންގެ ހައްގުތަށް ކަށަވަރުކުރުމަށް ރައީސް މުއިއްޒު ސިވިލް ރައިޓްސް މިނިސްޓްރީއެއް އަލަށް އުފައްދަވާފައިވާއިރު އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
ގުޅުން ހުރި ޙަބަރުތައް

ރަމަޟާންމަހު ބީއެމްއެލްގެ ޚިދުމަތްދޭ ގަޑިތައް ޢާންމުކޮށްފި
9 މިނިޓު ކުރިން

ބަންގްލަދޭޝްގެ ބޮޑުވަޒީރު، މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
21 މިނިޓު ކުރިން

ރަމަޟާން މަހު ބޭނުން ޖެހިފައިވާ އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ އެހީ
40 މިނިޓު ކުރިން

’އިސްލާމިކް ސްޓޫޑިއޯ’އިން ރަމަޟާން މަހު ގެނެސްދޭ 10 ޕްރޮގުރާމް އިފްތިތާޙްކޮށްފި
41 މިނިޓު ކުރިން


.gif&w=3840&q=75)