
އިންކަމް ޓެކްސްގެ ގާނޫނަށް ގެންނަ އިސްލާހު މަޖިލީހުން ބަލައިގަނެފި

މުޙައްމަދު ފަޟްލޫން - 21 އޮކްޓޯބަރު 2026 - 11:06
އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކާއި އެކު މިއަދު މަޖިލީހަށް ބލައިގަނެފިއެވެ.
އިންކަމް ޓެކްސްގެ ގާނޫނަށް އިސްލާހު ގެންނަ ބިލު މިއަދު މަޖިލީހަށް ބަލައިގަނެ އެބިލު ވަނީ އިތުރަށް ދިރާސްކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން ވަހީދުއެވެ.
ބިލު ބަލައިގަތުމަށް ފާސްވީ 39 މެމްބަރުންގެ ވޯޓާއި އެކުގައެވެ.
މި ބިލުގެ އެންމެ ބޮޑު މަގްސަދަކީ ޓކްސް ދައްކަންޖެހޭ އާމްދަނީ ކަނޑައެޅުމުގައި އިންޓްރެސްޓްގެ ގޮތުގައި ހިނގާ ހަރަދުތައް އުނިކުރުމާއި ގުޅޭ އުސޫލުތައް ހަރުދަނާ ކުރުމެވެ.
ބިލު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވެފައިވަނީ މި ބަދަލުތައް ތަންފީޒުކުރަން ފެށުމާއެކު އާމްދަނީ އިން ޓެކްސް ނަގާ ނިޒާމްގެ ތެރެއިން ދައުލަތަށް އިތުރަށް 496 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
އައު އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި މިންކުރެވޭނީ ޓެކްސް ހިސާބުކުރެވޭ މުއްދަތުގެ ތެރޭގައި އެ ފަރާތުގެ ޓެކްސް އެ ބިޓްޑޭޓާގެ 25 އިންސައްތައެވެ. އަދި އިންޓްރެސްޓް ހަރަދު ކެނޑުމުގައި މިހާރު ދީފައިވާ ބައެއް އިސްތިސްނާތައް އުވާލައި ސާފު މިންގަޑުތަކެއް ކަނޑައަޅާފައިވާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މިބިލަކީ ޓެކްސް ދައްކަން ރެކެން މަސައްކަތްކުރާ ފަރާތްތަކަށް ހުރަސްއެޅި ގައުމުގެ އިގްތިސާދު ރަނގަޅުކުރަން އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް ބިލަށް ތާއީދުކުރާ މެމްބަރުން ބުނެފައިވާއިރު މިބިލުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ކުޑަވެދާނެ ކަމަށް ބިލާއި ދެކޮޅަށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.
މި އިސްލާހަށް އަމަލުކުރަން ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭގައި ފެންބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި
3 ގަޑިއިރު ކުރިން

ވީހާވެސް އަވަހަކަށް ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
5 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ވާހަކަ - ބަދުނާމު ( އެޕިސޯޑް 2 )
5 ގަޑިއިރު ކުރިން
.webp&w=3840&q=75)
ސައޫދީގެ އިރުމަތީ ސަރަހައްދާއި މަދީނާއަށް އަމާޒުކުރި 5 ޑްރޯނެއް އެގައުމުގެ އިއްތިހާދުން ވައްޓާލައިފި
10 ގަޑިއިރު ކުރިން


