
ފަލަސްތީނު މިނިވަން ނުކުރެވިއްޖެނަމަ އިންސާފެއް ނުލިބޭނެ: ފަލަސްތީނުގެ ރައީސް

މުޙައްމަދު ފަޟްލޫން - 26 ސެޕްޓެމްބަރު 2025 - 12:32
ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމް ނުކުރެވިއްޖެނަމަ އިންސާފު ނުލިބޭނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ އދ ގެ އާއްމު މަޖިލީހުގައި ވީޑިއޯ ކޯލް މެދުވެރިކޮށް ބައިވެރިވެ ވަޑައިގެން ތަގްރީރް ކުރައްވައި އައްބާސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ކުރިމަތިކޮށްފައިވަނީ ނަސްލު ނައްތާލުމާއި އަނިޔާވެރިކަމާއި ބަނޑުހައިހޫނުކަމާއި ގެދޮރު ދޫކުރުމަށް މަޖުބޫރުކޮށްފައިވާ ހަނގުރާމައެއް ކަމަށެވެ.
އައްބާސް ވިދާޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާ ހިސާނަށް އިސްރާއީލުން ޝަހީދުކޮށް ޒަހަމްކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 22 ހާހަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
ޣައްޒާގެ 80 އިންސައްތަށްވުރެ ގިނަ ސްކޫލްތަކާއި ގެތަކާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކާއި އެހެނިހެން ތަންތަނުގެ އިންފްރާސްޓްރަކްޗަރ މިހާތަނަށް ސުންނާފަތިކޮށްލާފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
އިސްރާއީލަށް ހަމާސް އިން އޮކްޓޯބަރު 7 ގައި ދިން ހަމަލާ ކުށްވެރިކުރައްވައި އައްބާސް ވިދާޅުވީ އެއީ އިސްރާއިލްގެ އާއްމުންނަށް ދިން ހަމަލާއެއް ކަމަށާއި އެ ހަމަލާއަކީ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދުގެ ރޫހު ތަމްސީލްވާ އަމަލެއް ނޫން ކަމަށެވެ.
ބޭނުންވަނީ ހަތިޔާރު އެޅި ދައުލަތެއް ނޫންކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ ބޭނުންވަނީ ޒަމާނީ ޑިމޮކްރަޓިކް އަދި ގާނޫނުގެ ވެރިކަން އޮންނަ އިންސާނީ ހައްގުތަކަށް ކަމޭހިތާ އަންހެނުންނާއި ޒުވާނުންގެ ހައްގުތައް ކަށަވަރުކޮށްދޭ ފަލަސްތީނުގެ މިނިވަން ދައުލަތެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
"އެލައިޑް އައިފޯން ޑްރޮޕް" އިންސްޓަގްރާމް ފޮލޯވަރުންނަށް ހާއްސަ
6 މިނިޓު ކުރިން

އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ
16 މިނިޓު ކުރިން

ކެންދޫގެ ތަރައްޤީގެ ރޭހުގައި އިތުބާރު އޮތް ނަންތަކެއް: އަޙްމަދު ޝާން އާއި ނަޛީރާ އަޙްމަދުގެ ޓީމު
20 ގަޑިއިރު ކުރިން

ފަހު ދިހައެއްގައި ބީއެމްއެލް ގެ ބްރާންޗްތަކުން އިން ޚިދުމަތް ލިބޭނީ މި މަހުގެ 11 އަދި 18ގައި
20 ގަޑިއިރު ކުރިން


.gif&w=3840&q=75)