
ޤައުމުގެ ޒުވާން ޖީލު ބައްޓަންކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލަނީ ބެލެނިވެރިން: ރައީސް

އައިޝަތު އިބްރާހިމް - 01 ޖޫން 2025 - 05:26
ބެލެނިވެރިންނަކީ ޤައުމުގެ ޒުވާން ޖީލު ބައްޓައްކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބެލެނިވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ ހުރިހާ ބެލެނިވެރިންނަށް ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބެލެނިވެރިންގެ ދުވަހު ޒުވާން އަދި އަލަށް ބެލެނިވެރިއަކަށްވި ފަރާތްތަކުގެ އަގުވަޒަންކުރައްވާ ކަމަށެވެ. ބެ
ލެނިވެރިންނަކީ ޤައުމުގެ ޒުވާން ޖީލު ބައްޓައްކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އުފާވެރި ދުޅަހެޔޮ އަދި އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި ބޮޑުވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިސަރުކާރުން ބެލެނިވެރިންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
އުފާވެރި ދުޅަހެޔޮ އަދި އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި ބޮޑުވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަން ފާހަގަކުރައްވާ ރައީސްގެ ޕޯސްޓްގައި ވިދާޅުވީ، އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، އެކަމަށް އެކަށީގެންވާ މާޙައުލެއް ބިނާކުރުމާއިއެކު ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ބެލެނިވެރިން ނުވަތަ ޕޭރަންޓްސް ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ މުޙިންމު އެއް ބޭނުމަކީ ބެލެނިވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމެވެ.
މިއަހަރުގެ ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހުގެ ޝިޢާރުގައި އަލިއަޅުވާލާފައިވަނީ ވަރަށް މުހިންމު، ނަމަވެސް ގިނަފަހަރަށް އިހުމާލުވެފައިވާ ޙަޤީޤަތެކެވެ. ބެލެނިވެރިކަމަކީ ތަރައްޤީކުރެވިދާނެ ހުނަރެކެވެ. ރަނގަޅު އަދި އަޅާލާ މާޙައުލެއްގައި ކުދިން ތަރުބިއްޔަތު ކުރުމަށް މައިންބަފައިންނާއި ބަލަހައްޓާ ފަރާތްތަކަށް ވަގުތާއި ވަޞީލަތްތަކާއި އެހީތެރިކަން ބޭނުންވެއެވެ.
މިއަހަރުގެ ބައިނަލްއަޤްވާމި ބެލެނިވެރިންގެ ދުވަހުގެ ޝިޢާރަކީ " ރެއިންސިންގ ޕޭރަންޓްސް" މި ޝިޢާރެވެ.