logo

ހެންވޭރު ހުޅަނގު ގައި ރައީސް ދޮރުން ދޮރަށް ހިންގަވައިފި

profile

މުޙައްމަދު ފަޟްލޫން - 23 ފެބްރުއަރީ 2026 - 15:07

ލޯކަލް ކައުންސިލްގެ ކެމްޕޭންގައި ޕީއެންސީ ކެންޑިޑޭޓުންނާއި އެކު ހެންވޭރު ހުޅަނގު ގައި ރައީސް ޑރ މުހައްމަދު މުއިއްޒު ދޮރުން ދޮރަށް ހިންގަވައިފިއެވެ.

https://wamco.com.mv/

މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ޑރ.މުޢިއްޒުވަނީ ހެންވޭރު ހުޅަނގު ސަރަހައްދުގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި ހާލު ބައްލަވައިލައްވާފައެވެ.

ރައީސްގެ ދޮރުން ދޮރަށް ހަރަކާތުގައި ހެންވޭރު ހުޅަނގުން ލޯކަލް ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އިތުރުން މަޖިިލިސް މެމްބަރުން ނާއި ކެބިނެޓްގެ ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕީއެންސީގެ ކެމްޕޭން ފޯރީގައި ކުރިއަށްދާއިރު ރޭ މާލޭގެ ގަލޮޅު ދެކުނުގައި ވަނީ ޖަގަހައެއް ހުޅުވާފައެެވެ.

ގަލޮޅު ދެކުނު ޕީއެންސީގެ ޖަގަހަ ހުޅުއްވައިދެއްވީ ރައީސްގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އެވެ.

ޕީއެންސީގެ ޕާޓީގެ ފަރާތުން ކެމްޕޭނުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދާއިރު މިހާރު ވެސް ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ކައުންސިލްތަކުގެ 28 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއާއެކު، އިންތިޚާބަކާ ނުލައި ޖުމްލަ 69 ގޮނޑިއަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވަނީ ލިބިފައެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 2 ލައްކަ އަށްވުރެ ގިނަ މީހުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk