
—
ކާޖޮލް ގެ އާ ވެބްސީރީޒް ޖޫން 12ގައި!

ޢާއިޝަތު ޢަލީ - 10 ޖޫން 2023 - 15:13
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް ދޭވްގަންގެ އަލަތު ވެބް ސީރީޒްގެ ޓްރެއިލާ އަންނަ ހޯމަވާ، ޖޫން 12 ވަނަ ދުވަހު ދައްކަން ނިންމައިފިއެވެ.
އެއީ "ދަ ގުޑް ވައިފް" ގެ ނަމުގައި ގެނެސްދިން އެމެރިކާގެ ލީގަލް ސީރީޒްގެ އިންޑިއާ ވާޝަނެވެ. އޭގެ ފަސްޓްލުކް ޕޯސްޓަރު މިހާރު ވަނީ ދައްކާލައިފައިއެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭން ހަމަޖެހިފައިވާ އެ ސީރީޒަކީ ކާޖޮލް ވަކީލެއްގެ ރޯލުން ފެނިގެންދާނެ ސީރީޒެކެވެ. މި ސީރީޒް ޕްރީމިއާކުރާނެ ތާރީހެއް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން އަދި އިއުލާނެއް ނުކުރެއެވެ.
"ދަ ޓްރަޔަލް" ގެ ނަމުން ނަން ދީފައިވާ އޭގެ ޑައިރެކްޓަރަކީ ސުޕަން ވަރުމާއެވެ. އޭނަ އަކީ "އޭކް ކިލާޅީ، އޭކް ހަސީނާ" އަދި "އެސިޑް ފެކްޓްރީ" ފަދަ ފިލްމުތައް ގެނެސްދިން ކާމިޔާބް ޑައިރެކްޓަރެއްކަން ފާހަގަކޮށްލެވެއެވެ. އެ ސީރީޒްގެ ތަރިންގެ ތެރޭގައި، ޖިއްޝޫ ސެން ގުޕްތާ، އާމިރު އަލީ އަދި ޝީބާ ޗައްޑާ ފަދަ ތަރިން ހިމެނެއެވެ.
ކާޖޮލްގެ ކުރިއަށް އޮތީ މި މަހުގެ 29 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް 2" އެވެ. ކާޖޮލް މިހާރުވަނީ މީސްމީޑިއާއިން ކުޑަ "ބްރޭކެއް" ނަގައިފައިވާކަން އޭނާގެ އިންސްޓަރގްރާމްގައި ހިއްސާކޮށްފައިއެވެ.
ގުޅުން ހުރި ޙަބަރުތައް

ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް!
11 ގަޑިއިރު ކުރިން
ޕާކުކޮށްފައި އޮތް ކާރެއްގައި ޖެއްސުމަށްފަހު ފިލި މީހާ ހައްޔަރުކުރި އިރު އަތުގައި ހުރީ މަސްތުވާތަކެތި: ފުލުހުން
17 ގަޑިއިރު ކުރިން

ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާޙީ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި
ދުވަހެއް ކުރިން

އަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
2 ދުވަސް ކުރިން


