logo

މަސްވެރިކަމުން ނަފާ އިތުރުކުރުމަށް ސަރުކާރުން އެހީވާނެ: ސްޓޭޓް މިނިސްޓަރ މުއްތަލިބް

profile

އައިޝަތު އިނާޝާ - 22 ޑިސެމްބަރު 2025 - 13:16

މަސްވެރިކަމުން ނަފާ އިތުރުކުރުމަށް މަސްވެރިންނަށާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސްޓޭޓް މިނިސްޓަރ މުއްތަލިބް މިހެން ވިދާޅުވީ މިފްކޯ އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މުއްތަލިބު ވިދާޅުވީ މިފްކޯ އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިންނަށާއި ފުވައްމުލަކުގެ މަސްވެރިންނަށް އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށެވެ.

ފުވައްމުލަކުގެ މަސްވެރިކަން އެހެން ހަރުފަރަކަށް ގެންދަން ޖެހޭކަން ފަހަގަކުރައްވާ މުއްތަލިބް ވިދާޅުވީ މިހާރާ ހިލާފަށް ބާނާމަސް އައިހުގައި ރައްކާތެރިކަމާއެކު މި ފެސިލިޓީއާއި ހަމަހަށް ގެނެވޭނެ ގޮތް ހަދަން ޖެހޭކަމަށެވެ. އަދި މިކަމަށް މަސްވެރިންނަށް ސަރުކާރުން އެހީވާނެކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން މަސްވެރިން ބާނާ މަސްކޮޅޮ ދާއިމީކޮށް ވިއްކާލެވޭނެ ކަމުގެ ގީންކަން ލިބިގެން ދާނެކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ. އަދި ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ފޯރުކޮށްދިނުމުގެ އިތުރަށް މަސްވެރިކަމުން ނަފާ އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ.

މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

ފުވައްމުލަކުގައި ގާއިމް ކުރި މަސް ޕްރޮސެސްކުރާ ފެސިލިޓީން މަރުކަޒުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay