logo
ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން..

ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން..

އަމިއްލަ ދަނޑުގައި ލީޑްސް އަތުން ލިވަޕޫލަށް މޮޅެއް ނުވެވުނު

profile

ހަސަން ޝަމްއޫން - 02 ޖެނުއަރީ 2026 - 03:46

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ޗެމްޕިއަން ލިވަޕޫލުން ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

https://wamco.com.mv/

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ވުލްވްސް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ލީޑްސް ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނި 3-3 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ އަންފީލްޑްގައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މުޅި މެޗުގައި ވެސް ލަނޑުޖަހާނެ މުޅިން ހުސް ފުރުސަތެއް އެޓީމަށް ތަނަވަސްކުރެވިފައެއްނުވެއެވެ. އަދި މެޗުގެ 82 ވަނަ މިނެޓުގައި ލީޑްސް ޔުނައިޓެޑުން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 19 މެޗުން ލިވަޕޫލަށް 33 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 19 މެޗުން ލީޑްސް ޔުނައިޓެޑަށް 21 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.

ލީގުގަައި ލިވަޕޫލަށް ކުރިއަށް އޮތީ އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ފުލަމް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އާދިއްތަ ދުވަހުގެ ހަވީރު އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑުން ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay