logo
ނޭމާ ޖޫނިއަރ

ނޭމާ ޖޫނިއަރ

ނޭމާ މިއަހަރުގެ ނިޔަލަށް ސަންޓޯސްގައި މަޑުކުރަނީ

profile

ހަސަން ޝަމްއޫން - 02 ޖެނުއަރީ 2026 - 02:40

ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ، އޭނާ މިހާރު ވެސް ކުޅެމުން އަންނަ ކްލަބް ސަންޓޯސް އެފްސީއާއެކު ހަދާފައިވާ އެއްބަސްވުން 2026 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފިއެވެ.

https://wamco.com.mv/

މިއާއެކު، އުމުރުން 33 އަހަރުގެ ފޯވާޑް މިއަހަރުގެ ނިޔަލަށް އެ ކްލަބުގައި މަޑުކުރާނެކަން މިހާރު ކަށަވަރެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން ނޭމާގެ މުސްތަގުބަލާ މެދު ދެކެވެމުންދިޔަ ވާހަކަތަކަށް ނިމުމެއައިސްފައިވާއިރު، މިއީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ނޭމާ ނިންމި މުހިންމު ނިންމުމެކެވެ.

ނޭމާ ކުރިން ސަންޓޯސްއާއެކު ހަދާފައިވާ އެއްބަސްވުން 2025 ގެ ނިޔަލަށް ހަމަވާން އޮތުމުން، އޭނާ އަލުން ޔޫރަޕަށް ނުވަތަ އެމެރިކާ އިންޓަ މިއާމީ އާއި ގުޅިދާނެ ކަމުގެ އަޑުތަކެއް މީގެ ކުރިން ވަނީ ފެތުރިފައެވެ. ނަމަވެސް ގިނަ މަޝްވަރާތަކަކަށް ފަހު ނޭމާ ސަންޓޯސްގައި މަޑުކުރަން ނިންމީއެވެ.

ސައުދީ އަރަބިއްޔާގެ އަލް-ހިލާލްގައި ހޭދަކުރި ދުވަސްވަރު އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހުމުން، އެ ކްލަބާއެކު ހެދި އެއްބަސްވުން އުވާލުމަށްފަހު ނޭމާ ސަންޓޯސް އާއި ދެވަނަ ފަހަރަށް ގުޅުނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އަދި އޭނާގެ ކެރިއަރު ފެށި ކްލަބަށް އެނބުރި އައުމަކީ ސަންޓޯސްގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި ނޭމާގެ މި ނިންމުމަކީ އޭނާގެ ފިޓްނަސް ފުރިހަމައަށް ހޯދައި، 2026 ގެ ވޯލްޑް ކަޕަށް ބްރެޒިލް ގައުމީ ޓީމުން ޖާގަ ހޯދުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. އަދި ދުނިޔޭގެ ފެންވަރުގެ ތަރިއަކު ބްރެޒިލްގެ ލީގުގައި އިތުރު އަހަރަކު މަޑުކުރުމަކީ ސަންޓޯސްއަށާއި ބްރެޒިލްގެ ފުޓްބޯޅައަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay