logo

ރާއްޖެއަށް ސައޫދީ އިން 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 23 ފެބްރުއަރީ 2026 - 15:06

ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ ރަމަޟާން މަހަކު ރާއްޖެއަށް ދެމުންގެންދާ ދީލަތި އެހީގެ ދަށުން، މިއަހަރު ހަދިޔާކުރި ކަދުރުގެ ފުރަތަމަ ޝިޕްމަންޓް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

https://wamco.com.mv/

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، 15 ޓަނުގެ ކަދުރު ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، ސައުދީ ސަރުކާރުން މެދުނުކެނޑި ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ސައުދީން ލިބޭ މި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އަދި ތާރީޚީ ގުޅުން ހާމަކޮށްދޭ މުހިންމު ރަމްޒެކެވެ.

ސައުދީ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީގެ ވާހަކަފުޅުގައި، ރާއްޖެއަކީ ސައުދީ އަރަބިއްޔާގެ ގާތް އަދި މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންގެ ލާބައަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ސައުދީ އަރަބިއްޔާއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަފީރު ދެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk