logo
އާސެނަލް އާއި ލީޑްސް ވާދަކުރި މެޗުގެ ތެރެއިން..

އާސެނަލް އާއި ލީޑްސް ވާދަކުރި މެޗުގެ ތެރެއިން..

ފަސޭހަކަމާއެކު ލީޑްސް ބަލިކޮށް އާސެނަލް އިން ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފި

profile

ހަސަން ޝަމްއޫން - 31 ޖެނުއަރީ 2026 - 17:38

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ތާވަލުގެ ކުރީގައި ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

https://wamco.com.mv/

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ދެމެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާއިރު، އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން އެޓީމު ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފައެވެ. އަދި ލީގުގައި ލީޑްސް އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަން އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު. މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ދެލަނޑުގެ ލީޑެއް ހޯދިއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އާސެނަލްގެ މާޓިން ޒުބިމެންޑީ، ވިކްޓަރ ގްޔޮކަރޭސް އަދި ގެބްރިއަލް ޖިސޫސް މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި އެއްލަނޑު ކާމިޔާބުކުރިއިރު، އެޓީމު އަނެއް ލަނޑަކީ ލީޑްސްގެ ކީޕަރު ކާލް ޑާލޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 24 މެޗުން އާސެނަލްއަށް 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތް އެސްޓަން ވިލާއަށް 23 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. އަދި މިމެޗު ބަލިވި ލީޑްސް ޔުނައިޓެޑް އިން ލީގުގައި ކުޅުނު 24 މެޗުން ހޯދި 26 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay