logo

ތެރަޕީގެ ފަރުވާތަކަށް ތަމްރީންކުރުމުގެ ސްކޮލަރޝިޕްތަކަކަށް ހުޅުވާލައިފި

profile

އައިމިނަތު ޒައިބާ - 01 އޭޕްރީލު 2026 - 05:34

ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ފަރުވާތަކަށް މީހުން ތަމްރީންކުރުމަށްޓަކައި، ސަރުކާރުން ދޭ 250 ސްކޮލަރޝިޕް ފުރުޞަތަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

https://wamco.com.mv/

މި ފުރުޞަތުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބެޗެލަރސް ޑިގްރީއަށް ކިޔެވުމަށް ދޭ 120 ފުރުޞަތާއި، މާސްޓަރސް ޑިގްރީއަށް ދޭ 20 ފުރުޞަތެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔެވުމަށް 30 ފުރުޞަތު އަދި މާސްޓަރސް ޑިގްރީއަށް 80 ފުރުޞަތު ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގައި ތިބެގެން ކިޔެވުމަށް ހުޅުވާލާފައިވާ ބެޗެލަރސް ޑިގްރީގެ ދާއިރާތަކުގެ ތެރޭގައި ސައިކޮލޮޖީ، ކައުންސިލިން/ބިހޭވިއަރ ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ ހިމެނެއެވެ. މިއިން ކޮންމެ ދާއިރާއަކުން 30 ފުރުޞަތު ވަނީ ހަމަޖައްސާފައެވެ. އަދި ރާއްޖެއިން މާސްޓަރސް ހެދުމަށް ސައިކޮލޮޖީ ދާއިރާއިން 20 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ރާއްޖެއިން ބޭރުން ކިޔެވުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކަށް ބަލާއިރު، ބެޗެލަރސް ޑިގްރީއަށް ސްޕީޗް ތެރަޕީން 30 ފުރުޞަތު ވަނީ ހަމަޖައްސާފައެވެ. އަދި މާސްޓަރސް ޑިގްރީއަށް އޮކިއުޕޭޝަނަލް ތެރަޕީން 30 ފުރުޞަތު، ސްޕީޗް ތެރަޕީން 30 ފުރުޞަތު، އަދި ބިހޭވިއަރ އެނަލިސިސް/ބިހޭވިއަރ ތެރަޕީން 20 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ތެރަޕީގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކުރުމެވެ. މިހާރު ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކުގައި މި ޚިދުމަތް ދެނީ ބޭރުގެ ތެރަޕިސްޓުން ކަމަށްވާތީ، ވީހާވެސް ގިނަ ދިވެހިން މި ދާއިރާއިން ތަމްރީންކޮށް، ބަލިމީހުންނާ ގާތުން ޚިދުމަތް ދެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި 70،000 އަށްވުރެ ގިނަ މީހުން ވަނީ ނަފްސާނީ ބަލިތަކުގެ ފަރުވާ ހޯދާފައެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރިލް މަހުގެ 20ވަނަ ދުވަހުގެ މެންދރު ފަހު 1:30 އެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk