logo

ޔޫއޭއީގެ ރައީސަށް، ރައީސް ފޮނުއްވި ސިޓީ ހަވާލުކުރައްވައިފި

profile

ޝުރުފާ މުހަންމަދު - 04 ސެޕްޓެމްބަރު 2024 - 16:35

މިނިސްޓަރ މޫސާ ޒަމީރު، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް ހައިނެސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލުކުރެއްވުން.

މިނިސްޓަރ މޫސާ ޒަމީރު، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް ހައިނެސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލުކުރެއްވުން.

ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އެޑްރެސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު އެގައުމުގެ ފޮރިން މިނިސްޓަރާ ހަވާލުކުރައްވައިފި އެވެ.

މި ސިޓީ ހަވާލުކުރައްވާފައި ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް ހައިނެސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ އާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

ދެ ވަޒީރުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މިނިސްޓަރު ޒަމީރު ވަނީ ޔޫއޭއީއިން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ދީލަތި އެއްބާރުލުމާއި ގާތް ގުޅުމަށް ޔޫއޭއީގެ ލީޑަރޝިޕާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެޤައުމުން ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ. އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަޞީރު. ހާލާ ހަމީދުގެ ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާ. އަދި ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ހަސަން ވަހީދެވެ.

tel:+9607331319