logo

ޓެކްސް ބޮޑުކުރަން ނިންމުމުން އެމްޕީ އައްބާސް ސިނގިރެޓާ ދުރަށް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 22 އޮކްޓޯބަރު 2024 - 15:50

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް

ރާއްޖޭގައި ސިނގިރޭޓާއި ވޭޕު ބޭނުންކުރުން ހުއްޓުވުމަށްޓަކައި، އެތަކެތިން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމައި، ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފެށުމާ އެކު، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ނިންމަވައިފި އެވެ.

މެމްބަރު މިގޮތަށް ވިދާޅުވީ ދުންފަތާއި އޭގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުގެ އިތުރުން އިލެކްޓްރޯނިކް ސިގިރޭޓާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ނެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ މެމްބަރު އައްބާސް ވިދާޅުވީ، މެމްބަރު ވެސް އެ އާދަ ހުއްޓާލުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން އައްބާސް ވިދާޅުވި ގޮތުގައި ވޭޕް އެތެރެކުރަން މަނާކުރުމަށް ނިންމާފައިވާ ތާރީހު ކަމަށްވާ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން އޭނާ ވަނީ ނިންމަވާފައެވެ.

"ޖަވާބުގައި އިހުތިރާމާއެކު ދަންނަވާނީ އަޅުގަނޑަކީ ދުވާލަކު ދެ ފޮށި ސިގިރޭޓު މިހާރުވެސް ބޯ މީހެއް. ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން މާތް ﷲ ގެ ތަނަވަސްރަހުމަތާ އެކު ސިނގިރެޓު ބުއިން ހުއްޓާލަން ނިންމައިފިން އިއްޒަތްތެރި ރައީސް." އައްބާސް ވިދާޅުވި އެވެ.

ވޭޕާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން މެމްބަރު ސިފަ ކުރެއްވީ އަންނަން އޮތް ޖީލަށް ކޮށްދޭ ހެޔޮ ކަމެއްގެ ގޮތުގަ އެވެ. އެއީ އެތައް އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެ ނިންމުމެއް ކަމަށް މެމްބަރު ގަބޫލުކުރައްވަ އެވެ.

https://int.etukuri.mv/
tel:+9607331319